މަގާމު:
|
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ޢަދަދު: 01 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ.ކައްދޫ
|
މަގާމުގެ ޝަރުޠު:
|
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. އަދި ޢުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
|
މުސާރައާއި އިނާޔަތްތައް
|
- އަސާސީ މުސާރަ 4000.00 ރުފިޔާ
- ޑެއިލީ އެލަވަންސް: މަސައްކަތަށް ނިކުންނަ ދުވަހަކަށް 150.00 ރުފިޔާ.
- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އާންމުކޮށް ކުރަންޖެހޭ މަސައްކަތް:
|
- ޢިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިއުންތައް
|
- ވަޒީފާއަށް އެދޭ ފޯމް
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
- ޕޮލިސް ރިޕޯޓު
- ޕާސްޕޯޓް ސައިޒުގެ ފޮޓޯ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)
- ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
|
ސުންގަޑި:
|
- 2017 ޖެނުއަރީ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން
|
އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން:
|
- މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަސް ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.
|
އިތުރު މަޢުލޫމާތު
|
- އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ ކައްދޫ އެއަރޕޯޓް އޮފީސް ލ.ކައްދު އަށެވެ.
- ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިއޫކުރާނީ ޝޯޓްލިސްޓްކުރެވޭ 15 ފަރާތާއެވެ.
|