އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސްޓޭޓް އެޓަރނީ

އިޢުލާން

 

މަޤާމް:

ސްޓޭޓް އެޓަރނީ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

ސްޓޭޓް އެޓަރނީ (ސީ.އެސް 9-2)

ބޭނުންވާ އަދަދު:

1(އެކެއް)

މުސާރަ:

11,240 (އެގާރަ ހާސް ދުއިސައްތަ ސާޅީސް) ރުފިޔާ

ސަރވިސް އެލަވަންސް:

3,600 (ތިންހާސް ހަސަތޭކަ) ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

(އަސާސީމުސާރައިގެ 35%)

 

މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އެ ވަގުތުތަކަށް ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް / އައްޑޫސިޓީ

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • ގއ، ގދ، ޏ، އަދި ސ އަތޮޅުގެ ޝަރުޢީ ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރުން؛
  • ގއ، ގދ، ޏ، އަދި ސ އަތޮޅުގެ ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ދޭންޖެހޭ ލަފާދިނުމުގައި އެޓަރނީ ޖެނެރަލްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުން؛
  • އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ގއ، ގދ، ޏ، އަދި ސ އަތޮޅުގައި އަދާކުރުމަށް ހަމަޖެހިފައިވާ ޤާނޫނީ އެންމެހައި ވާޖިބުތަކާއި ޤާނޫނުއަސާސީންނާއި ޤާނޫނުން އެޓަރނީ ޖެނެރަލް އަދާކުރުމަށް ކަނޑައަޅާފައިވާ އެންމެހައި މަސްއޫލިއްޔަތުތައް އެޓަރނީ ޖެނެރަލް އަދާކުރުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

 

 

1-      ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން:

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު 2017 ފެބުރުވަރީ މަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮންނާނެއެވެ. ވުމާއެކު، މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއުއަށް ޙާޟިރުވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 30 ޖަނަވަރީ 2017 ވާ (ހޯމަ) ދުވަހުގެ 13:30 ގެކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް މިއޮފީހުގެ ވެބްސައިޓް http://www.agoffice.gov.mvއިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.

 

            

  1. ވަޒީފާއަށް އެދޭފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛
  2. އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ؛
  3. ބެޗެލަރސް ޑިގްރީގެ ޓްރާންސްކްރިޕްޓް ނުވަތަ ނަތީޖާ ކަރުދާހުގެ ފޮޓޯ ކޮޕީ؛
  4. ކޯހުން ފާސްވެފައިވާ ކަމުގެ ލިޔުން ލިބިލައްވާފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ؛(ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު)
  5. ފުރިހަމަކުރައްވާފައިވާ ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ  ލިޔުންތަކުގެ ކޮޕީ
  7. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ؛
  8. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛
  9. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަން އެނގޭނެ އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މިމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލާ އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

               

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

                          14 ރަބީޢުލްއާޚިރު 1438    

                          12 ޖަނަވަރީ        2017

12 ޖަނަވަރީ 2017
ހޯދާ