މަޤާމު:
|
ޑިރެކްޓަރ (ޗާންސެލަރ ބިއުރޯ)
|
ބޭނުންވާ އަދަދު 1
|
މަޤާމުގެ މުސާރަ:
|
މަހަކު -/8835 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2250 ރުފިޔާ
|
އޮފީސް:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މަޤާމުގެ ރޭންކް:
|
EX1-1
|
މަޤާމުގެ ޝަރުޠުތައް:
|
- އަންނަނިވި ހުރިހާ ތަޢުލީމީ ފެންވަރެއް ހުރުމާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން އެނގުން:
- 8/7 ގެ ބެޗެލަރޒް ޑިގްރީއަކަށްފަހު، ދަސްކުރި ތިއަރީތަކާއި އުސޫލުތައް ތަރައްޤީކޮށް، ބޭނުންކުރަން އެނގުން ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 2 އަހަރުދުވަހުގެ ކަމާގުޅޭ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ
- ފުޅާ ދާއިރާއެއްގައި މެނޭޖްމަންޓުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ލެވެލް 9 ގެ ޕޯސްޓް ގްރެޖުއޭޓް ސަނަދެއް ހާސިލުކުރުމަށްފަހު، ކަމާގުޅޭ ތަޖުރިބާ ހާސިލުކޮށްފައިވުން.
- މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލުކަން، އެހެން ކޮމްބިނޭޝަންތަކުން ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޗާންސެލަރާއި ވައިސް ޗާންސެލަރުގެ ބައްދަލުވުންތައް އިންތިޒާމުކޮށް ބެލެހެއްޓުމާއި، ބިއުރޯގެ އެހެނިހެން ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
- ޗާންސެލަރާއި ވައިސް ޗާންސެލަރ އެކި މުނާސަބަތުތަކާ ގުޅިގެން ދެއްވާ ތަޤްރީރުތަކާއި ޑޮކިއުމަންޓްތަކަށް ބޭނުންވާ މައުލޫމާތު އެއްކޮށް، އެފަދަ ލިޔުންތައް ތައްޔާރުކުރުން.
- ޗާންސެލަރގެ ބިއުރޯއަށް ލިބޭ ސިޓީތައް ބަލައިގަނެ، އެ ސިޓީތައް ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ފޮނުވައި، ޖަވާބުދާރީވާންޖެހޭ ސިޓީތަކަށް، ޗާންސެލަރާއި ވައިސް ޗާންސެލަރުގެ އިރުޝާދުގެ ދަށުން ޖަވާބު ތައްޔާރުކޮށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
- ޗާންސެލަރ ބިއުރޯގެ އަހަރީރިޕޯޓާއި، އިދާރީގޮތުން ތައްޔާރުކުރަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށް، ކަމާބެހޭ ޑިޕާޓްމަންޓްތަކަށާއި އިދާރާތަކަށް ހުށަހެޅުން.
- ޗާންސެލަރާއި ވައިސް ޗާންސެލަރ ބައިވެރިވެވަޑައިގަންނަވާ އެކިއެކި އިވެންޓްތަކާބެހޭ މަޢުލޫމާތު ރާއްޖޭގެ މީޑިއާއަށް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަމަޖެއްސުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (މި ޔުނިވަރސިޓީގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވުމުގެ އިތުރުން، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)
|
ނޯޓު:
|
- ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2017 ޖަނަވަރީ 22 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް 3325488 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|