ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
އެސިސްޓަންޓް ފްލައިޓް އޮޕަރޭޝަންސް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
ސެކްޝަން:
|
ފްލައިޓް އޮޕަރޭޝަންސް
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ
|
މުސާރައާއި އެލަވަންސް:
|
އިންޑަސްޓްރިއާ އަޅާކިޔޭވަރުގެ މުސާރައާއި އެލަވަންސް ދެވޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ
|
ފެންވަރު ނުވަތަ ޝަރުޠު:
|
ކޮމާޝަލް ޕައިލެޓް ލައިސެންސް އޮތުމާއެކު، އޯލެވަލްގެ އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި އެސް އެސް ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން.
ނުވަތަ
އޭވިއޭޝަން ދާއިރާއިން އައިކާއޯ ޤަބޫލުކުރާ ޑިގްރީއެއް ހާސިލުކޮށްފައިވުން
ނުވަތަ
ސިވިލް އޭވިއޭޝަން ޤަބޫލުކުރާ ޕްރޮފެޝަނަލް ފްލައިޓް އޮޕަރޭޝަންސް ޓްރެއިނިންގތައް، ފްލައިޓް ޑިސްޕެޗަރ ޓްރެއިނިންގ ހިމެނޭގޮތުން، ފުރިހަމަކޮށްފައިވުމާއެކު، އޯލެވަލްގެ އިނގިރޭސި އަދި ހިސާބު ހިމަނައިގެން 4 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި އެސް އެސް ސީ އިމްތިޙާނުގައި ދިވެހިން "ސީ" ފާސް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާއި އެއް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން އެސިސްޓެންޓް ފްލައިޓް އޮޕަރޭޝަންސް އޮފިސަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރަމުން ގެންދިއުން
- ދިވެހިރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ހުއްދަ (އެއަރ އޮޕަރޭޓަރސް ސެޓުފިކެޓު) އަދި ޕައިލޮޓުން ތަމްރީނު ކުރާ ސްކޫލު ހުއްދަ (ފްލައިންގ ޓްރޭނިންގ އޮގަނައިޒޭޝަން) ދިނުމުގެ ގޮތުން ތިރީގައިވާ ކަންތައްތައްކުރުން
- ދިވެހިރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރު ކުރުމަށް ބޭނުންވާ ގަވާއިދުތައް ތައްޔާރުކޮށް އަދި/ނުވަތަ މުޠާލިޢާކުރުމުގައި ފްލައިޓް އޮޕަރޭޝަންސް އޮފިސަރަށް ލަފާދީ އެހީތެރިވެދިނުން
- ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ހުއްދައަށް އެދޭ ފަރާތުގެ ލިޔެކިޔުންތައް ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން މުޠާލިޢާކޮށް ލިޔެކިޔުންތައް ބެލެހެއްޓުން
- ވައިގެ ދަތުރުފަތުރުގެ ޚިދުމަތަށް ހުއްދަ ދިނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިންސްޕެކްޝަންސް ހެދުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއި ވިލަރެސް ކުރުމާއި، މިކަމުގެ ލިޔެކިޔުންތައް ބެލެހެއްޓުން
- ހެދިފައިވާ ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ހުއްދަދީ (އެއަރ އޮޕަރޭޓަރސް ސެޓުފިކެޓު) ބެލެހެއްޓުމުގައި ފްލައިޓް އޮޕަރޭޝަންސް އޮފިސަރަަށް ލަފާދީ އެހީތެރިވެދިނުން
- ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގެ ޖަމްޢިއްޔާ، އައިކާއޯ އިން ލާޒިމުކުރާ ގޮތުގެ މަތިން، އެއަރ އޮޕަރޭޓަރސް ސެޓުފިކެޓު އަދި/ނުވަތަ ފްލައިންގ ޓްރޭނިންގ އޮގަނައިޒޭޝަން ހުއްދަ ދެވިފައިވާ ފަރާތްތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށްޓަކައި ހަދަންޖެހޭ އިންސްޕެކްޝަންސް ހެދުމުގައި ފްލައިޓް އޮޕަރޭޝަންސް އޮފިސަަރަށް ލަފާދީ އެހީތެރިވެދިނުން
- އެއަރ އޮޕަރޭޓަރސް ސެޓުފިކެޓު އަދި/ނުވަތަ ފްލައިން ޓްރޭނިންގ އޮގަނައިޒޭޝަން ދެވިފައިވާ ފަރާތްތަކުގެ އޮޕަރޭޝަންސް މެނުއަލްތަކަށް އަންނަ ބަދަލުތައް މުޠާލިޢާކުރުން
- ޕައިލެޓުން، ކެބިންކުރޫން، ފްލައިޓް ޑިސްޕެޗަރުންނާބެހޭ ގަވާއިދުތައް ތައްޔާރުކޮށް އަދި/ނުވަތަ މުޠާލިޢާކޮށް ސެކްޝަންގެ އިސްވެރިޔާއަށް ލަފާދިނުން. އަދި ހެދިފައިވާ ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ހުއްދަދީ (ލައިސެންސް/ ސެޓުފިކެޓު/ ވެލިޑޭޝަން) މިކަމުގެ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން
- ޕައިލޮޓުން، ކެބިންކުރޫން، ފްލައިޓް ޑިސްޕެޗަރުންގެ މެޑިކަލް އެގްޒެމިނަރުންނަށް ހުއްދަދިނުމުގެ ގޮތުން، ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި، ލިޔެކިޔުންތައް މުޠާލިޢާ ކުރުމާއި، މެޑިކަލާ ގުޅުންހުރި ކަންކަމުގައި ގޮތެއް ނިންމުމުގައި މެޑިކަލް އެގްޒެމިނަރުންނާ ވިލަރެސް ކުރުން އަދި މިކަމާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން
|
ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
|
1- މަޤާމުގައި ކުރަންޖެހޭ މަސައްކަތާގުޅޭ ދާއިރާއެއްގައި އުޅެ ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
2- ލައިސަންސްގެ އިތުރުން މަސައްކަތުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތަކަށްވުން
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން
|
1- 2017 ޖަނަވަރީ 26 ވާ ބުރާސްފަތިދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް
|
ހުށަހަޅަންޖެހޭ ލިޔުން
|
1- ވަޒީފާއަށް އެދޭ ފޯމު (އޮތޯރިޓީގެ ވެބްސައިޓް (www.caa.gov.mv/forms.php) އިން ލިބެން ހުންނާނެ)
2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
|
އިންޓަވިއު ކުރުން:
|
އިންޓަވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
|