މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށްޓަކައި، މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

ބޭނުންވާ ދާއިރާ/ޔުނިޓް

ބޭނުންވާ އަދަދު

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ކްއާޓަރ މާސްޓަރ ސަރވިސް

2

މާލެ

ސަޕްލައި ސަޕޯޓް ސަރވިސް

2

މާލެ

މާލެ އޭރިއާ / ހުޅުލެ ޕޯސްޓް

2

ހުޅުލެ

ޓްރާންސްޕޯޓް ސަރވިސް

3

މާލެ

މަޤާމު:

މަސައްކަތު

   

މުސާރަ:

(މަހަކު) -/4865 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/1000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ % 35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހުޅުލޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މަސައްކަތު ނުކުންނަ ދުވަހަށް ކޮއްތު ފައިސާގެ ގޮތުގައި -/60 ރުފިޔާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

އެމް.އެން.ޑީ.އެފްގެ ސަރަހައްދުތަކުގައިވާ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމާއި ފާޚާނާތަކާއި، ޖަންކުޝަންތައް ސާފުކޮށް ބެލެހެއްޓުން. އަދި ގަސްތައް ކޮށައި ގަސްތަކަށް ފެންދީ ބެލެހެއްޓުން.

އިތުރު މަޢުލޫމާތު:

މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 2017 ޖަނަވަރީ 26 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

14 ރަބީޢުލްއާޚިރު 1438

12 ޖަނަވަރީ 2017
ހޯދާ