ދިވެހިރާއްޖެ
އިޢުލާން
މަޤާމް: އެސިސްޓެންޓް ލައިބްރޭރިއަން (ވަގުތީ)
ބޭނުންވާ އަދަދު: 1
ވަޒީފާއޮތް އޮފީސް: މަރަދޫ ސްކޫލް
ގިންތި : ކޮންޓްރެކްޓް (1 އަހަރު)
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: މަރަދޫ ސްކޫލް / މަރަދޫ، އައްޑޫސިޓީ
މަޤާމުގެ ޝަރުޠު: ތިރީގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވެފައިވުން.
|
ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
|
ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން |
މަހަކު -/4،500 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
|
މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން |
މަހަކު -/5،500 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
|
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/6،090 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
އުޖޫރައާއި ޢިނާޔަތްތައް:
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހަމަޖައްސަވާފައިވާ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
1- ސްކޫލުގެ ލައިބްރަރީއަށް ލިބޭ ފޮތްތަކާއި ނޫސްމަޖައްލާ ފަދަ ކެޓަލޮގްތައް ގަވާއިދުން އެންޓަރކޮށް ބެލެހެއްޓުން.
2- ލައިބްރަރީ ފޮތްތަކުގެ އިންވެންޓްރީ ކޮމްޕިއުޓަރައިޒްކޮށް ބެލެހެއްޓުން.
3- ފޮތްތަކާ ބެހޭގޮތުން ކުރަންޖެހޭ ޕްރޮފެޝަނަލް މަސައްކަތްތަކާ ގުޅޭގޮތުން މައްސަލައެއް ދިމާވެއްޖެނަމަ، ސްކޫލުގެ އިދާރާއާއި މަސައްކަތާ ގުޅޭގޮތުން ރިޕޯޓްކުރަންޖެހޭ ފަރާތާ މަޝަވަރާކޮށް އެކަމެއް ނިންމުން.
4- އަލަށް ލިބޭ ފޮތްތައް ކެޓަގަރައިޒްކުރުން.
5- ލައިބްރަރީއަށް އެތެރެވާ ފޮތްތަކުގައި ސްކޫލުގެ ނުވަތަ ލައިބްރަރީގެ ތައްގަނޑު ޖެހުން.
6- ލައިބްރަރީގައިވާ ހަރުގަނޑުތަކާއި ފޮތްތައް ފޮޅައި ސާފުކުރުން. އެގޮތުން، މަސައްކަތުމީހުން ބޭނުންކޮށްގެން، މަދުވެގެން ހަފުތާއަކު އެއްފަހަރު ހިރަފުސް ފޮޅުވުން.
7- ލައިބްރަރީގެ ހަރުގަނޑުތަކުގައިވާ ފޮތްތައް އިންތިޒާމު ނުގެއްލޭހެއް އަދި ހަލާކުނުވާނޭހެން ތަރުތީބުކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށްކޮށް ނިންމުމާއި، ހަލާކުވާ ފޮތްތަކުގެ ތެރެއިން މަރާމާތުކުރެވޭ ފޮތްތައް އަނބުރާ ހޯދުން.
8- ލައިބްރަރީއަށް އަމާޒުކޮށް ހިންގޭ ދަރިވަރުންގެ އެކިއެކި ޕްރޮގްރާމުތަކާއި ކްލާސްތައް ރާވައި ހިންގުމުގައި ސުޕަވައިޒަރުންނާއި މުދައްރިސުންނަށް އެހީތެރިވުން.
9- އަނބުރާ ދައްކާގޮތަށް ދަރިވަރުން ގެންދާ ފޮތްތައް، ހަމަޖެހިފައިވާ އުސޫލަކުން ދޫކޮށް، ދައްކާ ފޮތްތައް ގަވާއިދުން ބަލައިގެން އެކަންކަމުގެ ފުރިހަމަ ރެކޯޑު ދުވަހުން ދުވަހަށް ބެލެހެއްޓުން.
10- ލައިބްރަރީގައި ކުދިން ތިބޭއިރު، އެކުދިންނަށް ބޭނުންވާ ފޮތް ހޯދައިދިނުމާއި، ފޮތް ކިޔައި ނިމުމުން، އެ ފޮތް ބަހައްޓަންވާ ތަނުގައި ބެހެއްޓުމަށް ދަރިވަރުންނާ އެހީތެރިވުން.
11- ލައިބްރަރީގައި އަޑުގަދަވިޔަ ނުދިނުމަށް ބާރުއަޅައި، އަޚުލާޤީ މިންގަނޑު ދެމެހެއްޓުމަށް ބާރުއެޅުން.
12- ލައިބްރަރީ ޑިސްޕްލޭކުރުމުގެ މަސައްކަތް ކުރުން.
13- ލައިބްރަރީގައި ހިންގޭ ޕްރޮގްރާމުތަކާއި، ލައިބްރަރީގައި ނެގޭ ގަޑިތަކާ ބެހޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމާބެހޭ ސުޕަވައިޒަރަށް ނުވަތަ އިސްވެރިއަކަށް އެންގުން.
14- އަނބުރާ ދައްކާގޮތަށް ދޫކުރެވޭ ފޮތްތައް، މުއްދަތު ހަމަވާއިރު ނުދައްކައިފިނަމަ، އެފަރާތަކަށް އެކަން އަންގައި، ފޮތް ހޯދުން.
15- ތަޢުލީމީ ކޮންމެ އަހަރެއް ނިމިގެން ބިދޭސީ ޓީޗަރުން ޤައުމަށް ދިއުމަށް ފުރުމުގެ ކުރިން އެމީހުންނަށް ދޫކުރެވިފައިވާ ލައިބްރަރީ ފޮތްތައް ހޯދައި ހަމަކުރުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އިންޓަވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި މަރަދޫ ސްކޫލުގައެވެ.
- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މަރަދޫ ސްކޫލުން ލިބިވަޑައިގަންނަވާނެއެވެ.
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
މިމަޤާމުތަކަށް އެދިލައްވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2017 ޖަނަވަރީ 19 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން މަތީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު މަރަދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މަރަދޫ ސްކޫލުގެ ނަންބަރު 6890941 ފޯނަށް ގުޅުއްވުން އެދެމެވެ.
