ދިވެހިރާއްޖެ
އިޢުލާން
ލޮނުމަސް އެޅުމަށާއި، މަސްކައްކައި ހިއްކުމަށް ބިން ދޫކުރުން:
ލޮނުމަސް އެޅުމަށާއި، މަސްކައްކައި ހިއްކުމަށް ބިންދޫކުރުމަށް ކޮށްފައިވާ ނަންބަރު (IUL)253/253/2016/115 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ ބިންތައް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
ލޮނުމަސް އެޅުމަށާއި، މަސް ކައްކައި ހިއްކުމަށް މިރަށު ހަވާގޭގެ އިރުމަތިން، ގޮނޑުދޮށާ ދިމާއިން ހޭޅިފަށުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 2 ބިން ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
# |
ބިން އޮތްތަން |
ބޮޑުމިން (އަކަފޫޓު) |
މުއްދަތު |
1 |
ހަވާގޭގެ އިރުމަތިން ކޯރުކެނޑިމަގުގެ އުތުރުފަޅި |
50' x 30' (1500 އަކަފޫޓު) |
5 އަހަރު |
2 |
ހަވާގޭގެ އިރުމަތިން ކޯރުކެނޑިމަގުގެ ދެކުނުފަޅި |
50' x 30' (1500 އަކަފޫޓު) |
10 އަހަރު |
ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 25 ވާ ބުދަދުވަހުގެ 9:30 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 ޖަނަވަރީ 26 ވާ ބުރާސްފަތިދުވަހުގެ 9:30 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މި ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް، ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
10 ރަބީޢުލްޢާޚިރު 1438