މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރާ ވިޔަފާރިތަކުން ސަމާލުކަންދޭންވީ ބައެއް ކަންތައްތައް
ސަރކިއުލަރ
ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރާ ވިޔަފާރިތަކުން ސަމާލުކަންދޭންވީ ބައެއް ކަންތައްތައް:
ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރާ ވިޔަފާރިތަކަކީ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކެއް ކަމަށްވެފައި، އެ ފަރާތްތަކުން އެ ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތަކެއް ހުރުމާއެކު، އަންނަނިވި ކަންކަމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށް އިލްތިމާސްކުރަމެވެ.
- އިމްޕޯޓް ލައިސަންސެއްގެ ދަށުން އެތެރެކުރާ އެންމެހައި މުދަލަކީ އެ އިމްޕޯޓް ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ ބޭނުމަށް އެތެރެކުރެވޭ މުދާ ކަމަށް ބެލެވޭނެތީ، އެހެން ފަރާތެއްގެ ބޭނުމަށް އެ އިމްޕޯޓް ލައިސަންސްގެ ދަށުން މުދާ އިމްޕޯޓްކޮށް ނުދިނުން. ސަބަބަކީ، އެހެން ފަރާތެއްގެ ބޭނުމަށް އެ އިމްޕޯޓް ލައިސަންސްގެ ދަށުން މުދާ އިމްޕޯޓްކޮށްދިން ކަމުގައިވިޔަސް، އެ މުޢާމަލާތަކީ އެ ފަރާތާއި އިމްޕޯޓްކުރާ ފަރާތުގެ ދެމެދުގައި ހިނގި ވިޔަފާރި މުޢާމަލާތެއްގެ ގޮތުގައި ބަލައި އެ މުޢާމަލާތުން ޖީ.އެސް.ޓީ ނެގޭނެތީއެވެ.
- އިމްޕޯޓް ލައިސަންސްގައި ބާކީ މުއްދަތު އޮތް ކަމުގައި ވިޔަސް، އެ މުއްދަތުގައި ލައިސަންސްގެ ބޭނުން ކުރަން ގަސްދުނުކުރާނަމަ، އެހެން ފަރާތަކުން އެ ލައިސަންސްގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުމުގެ ފުރުޞަތު ނުދިނުމަށްޓަކައި، އިމްޕޯޓް ލައިސަންސް ބާޠިލުކުރުން.
- ކަސްޓަމްސް އޭޖެންޓެއް ނުވަތަ ބްރޯކަރެއް މެދުވެރިކޮށް އިމްޕޯޓްކުރާ ހާލަތްތަކުގައި، މުދާ އިމްޕޯޓްކުރަނީ ހަޤީޤަތުގައި ވެސް އެ ޝިޕްމަންޓްގެ ކޮންސައިނީކަން އޭޖެންޓް ކަށަވަރުކުރުން. ސަބަބަކީ، އިމްޕޯޓް ލައިސަންސް ދޫކޮށްފައިވާ ފަރާތަށް ނޭނގި އެ ފަރާތުގެ ލައިސަންސްގެ ދަށުން އެހެން ފަރާތްތަކުން މުދާ އިމްޕޯޓްކުރުމުގެ ފުރުޞަތު އޮތަތީއެވެ.
މި ކަމާ ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 1415 އަށް ގުޅުން ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.
08 ޖަނަވަރީ 2017
ހޯދާ