ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޕިކަޕް ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި މަދަރުސާއިން އެކި ބޭނުންތަކަށް ކުރަންޖެހޭ ޕިކަޕް ދަތުރުތައް ވިޔަފާރި އުސޫލުން 1 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި މަދަރުސާއިން ކުރި އިޢުލާން ނަންބަރު: (o)/GS-30/AD/2016/3 އާ ގުޅިގެން ޝަރުޠު ހަމަވާ 3 އަންދާސީހިސާބު ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވުމާއެކު، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވަން ވާނެއެވެ.

އައިޓަމް/ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

25-01-2017

ބުދަ

10:00

ގދ.އަތޮޅު މަދަރުސާގެ އޮފީސް

އަންދާސީހިސާބު ހުށަހެޅުން

31-01-2017

ބުދަ

10:00

ގދ.އަތޮޅު މަދަރުސާގެ އޮފީސް

11 ޖަނަވަރީ 2017
ހޯދާ