މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޕިއުޓަރ ގަތުމަށް

އިޢުލާން

މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް 5 ކޮންޕިއުޓަރ ގަތުމަށް ބޭނުންވެއްޖެ:

މ. މަޑުއްވަރީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)369-AS/369/2016/54 (13 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ހޯދުމަށް ބޭނުންވެގެން މި އިދާރާއިން މަޢުލޫމާތު ހޯދާފައިވަނީ އެންމެފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލަށް ޢިމާރާތްކުރަމުންދާ ކައުންސިލް އިދާރާގައި ބޭނުންކުރަން 5 (ފަސް) ކޮންޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވާތީ، މިތަކެތި ގަނެ މި އިދާރާއަށް ގެނަސް ހިލޭ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އަދި މި ކޮންޕިއުޓަރުތައް އިންސްޓޯލްކޮށް ނިންމައި ބިލް ހުށަހެޅުމުން ވަގުތުން ފައިސާ ދެވޭނެއެވެ.

ވީމާ، މި ކޮންޕިއުޓަރުތައް ގެނަސްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ، ނުވަތަ ފޯނުން ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ. ފޯނުން މަޢުލޫމާތު ސާފުކުރާ ފަރާތްތަކުން އެދުވަހުގެ 10:00 އިން 12:45 އާ ދެމެދު މި އިދާރާއަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ. މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރާ ފަރާތްތަކުންނާއި، ފޯނުން ގުޅައިގެން މަޢުލޫމާތު ސާފުކުރާ ފަރާތްތަކުން 2017 ޖަނަވަރީ 22 ވާ އާދީއްތަދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކޮށްފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ރަސްމީގަޑީގައި 6720032 ނުވަތަ 7911345 ނަންބަރު ފޯނާ ގުޅުން އެދެމެވެ. 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ރަބީޢުލްއާޚިރު 1438

08 ޖަނަވަރީ 2017
ހޯދާ