ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ސެން ކުލާސްތަކަށް ބޭނުންވާ ސްޓޭޝަނަރީއާއި ފޮތްތައް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލްގެ ސެން ކުލާސްތަކަށް ބޭނުންވާ ސްޓޭޝަނަރީއާއި ފޮތްތައް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)IM/1/2016/42 އަދި (IUL)IM/1/2016/49 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާންތައް ބާޠިލުކޮށް މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 15 ވާ އާދީއްތަދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 18 ވާ ބުދަދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. 

09 ޖަނަވަރީ 2017
ހޯދާ