މަޤާމު:
|
ލެކްޗަރަރ (އިސްލާމިކް ރިވީލްޑް ނޮލެޖް)
|
ބޭނުންވާ އަދަދު: 1
|
މުސާރަ:
|
މަހަކު 12,687/50 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 5,437/50 ރުފިޔާ
|
އޮފީސް:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިސް
|
ސްޕައިން ޕޮއިންޓް:
|
40
|
މަޤާމުގެ ޝަރްޠުތައް:
|
- އިސްލާމިކް ރިވީލްޑް ނޮލެޖްއިން ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓަރޒް، އަދި ބެޗެލަރޒް ޑިގްރީ ހާސިލްކޮށްފައިވުން
- ޕީ.އެޗް.ޑީ ހާސިލްކޮށްފައިވާ ފަރައިތަކަށް އިސްކަން ދެވޭނެ
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޓޭބަލް ކުރެވޭ ޕީރިއަޑްތަކާއި، ބަދަލުގައި ނަގަންޖެހޭ ޕީރިއަޑްތައް، ވަރކްލޯޑް ޕޮލިސީއާއި އެއްގޮތަށް ނެގުން.
- ޓިއުޓޯރިއަލް ޕީރިއަޑްކާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް، އަދި ކްލިނިކަލް ސެޝަންތައް ހިންގުން.
- ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާ އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނު ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
- ކޮންމެ ދަރިވަރެއް ކުރިއަރާ މިންވަރާއި، ހޯދާ ނަތީޖާ މޮނިޓަރކޮށް، އިސްވެރިންނަށް މަޢުލޫމާތު ދިނުން.
- އައު މުޤައްރަރުތައް ފަރުމާކުރުމާއި، މިހާރު ބޭނުންކުރަމުންދާ މުޤައްރަރުތައް އިޞްލާޙުކުރުން.
- މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާކުކޮށް ނިންމުން.
- ޕާރޓްޓައިމް ލެކްޗަރަރުން ކިޔަވައިދެއްވާ މާއްދާތަކުގެ އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި އިމްތިޙާނު ކަރުދާސް މާކުކޮށް ނިންމުން.
- ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.
- ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، އަލަށް ބައިވެރިވާ މުވައްޒަފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް އިސްވެރިންނަށް އެހީތެރިވެދިނުން.
- އިލްމީ ދިރާސާތައް ކުރުމާއި، ދިރާސާތައް ޝާއިޢުކުރުމުގައި ކުއްލިއްޔާތަކުގެ ބޭފުޅުންނާއެކު މަސައްކަތްކުރުން.
- ޕޯސްޓް ގްރެޖުއޭޓް ރިސާރޗް ދަރިވަރުން ސުޕަރވައިޒް ކުރުން.
- މާއްދާ ކޯޑިނޭޓް ކުރުމާއި ކޯސް ކޯޑިނޭޓް ކުރުން.
- މަޤާމާއި ގުޅޭގޮތުން ކުއްލިއްޔާއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
|
އެހެނިހެން އިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- އެޕްލިކޭޝަން ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ޕާސްޕޯޓުގެ މުއްދަތު ހަމަނުވާ ކޮޕީ
- ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުގެ ލިޔުން
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
|
ސުންގަޑި:
|
މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 22 ވަނަ ދުވަހުގެ މެންދުރު 02:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
|