ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ ގާރޑް

އިޢުލާން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ސެކިއުރިޓީ ގާޑް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސިސްޓެންޓް

މުސާރައާއި ޢިނާޔަތްތައް

މަހަކު -/6,000 ރުފިޔާއާއި -/7,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބިލައްވާނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ (ވެމްކޯ) މާލެ ސައިޓް

ބޭނުންވާ އަދަދު

04

ޝަރުޠު

  1. ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން
  2. ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭ ފަދަ ފަރާތެއްކަމުގައިވުން
  3. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން
  4. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ޑިއުޓީކުރުމާއި، ޞިނާޢީ ސަރަޙައްދުގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ފަރާތުން ކުނި މެނޭޖްކުރާ ސަރަހައްދު ބެލެހެއްޓުން.
  2. ސިނާއީ ސަރަހައްދަށް ވަނުން މަނާ އެއްގަމު ދުއްވާ އުޅަނދުފަހަރު އެ ސަރަހައްދަށް ވަނުން ހުއްޓުވުން
  3. ސިނާއީ ސަރަހައްދުގެ ހާބަރަށް ކައިރިކުރާ އުޅަނދުފަހަރަކީ އެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އޮތް ފަރާތެއްތޯ ޗެކުކުރުން
  4. ޞިނާޢީ ސަރަހައްދުގައި ކުރުން މަނާ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ހިންގާނަމަ އެކަން ހުއްޓުވުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން
  5. ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ހިނގާތޯ ފަރުވާތެރިވެ ބެލުމާއެކު އެފަދަ ކަމެއް ހިނގައިފިނަމަ ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުން
  6. ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް، ހިނދުން ހިނދަށް، ގަވާއިދުން ރިޕޯޓްކުރުން
  7. އަދި މިނޫނަސް ކުންފުނިން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • މީހުންނާއި ރަނގަޅަށް މުޢާމަލާތްކުރަން އެނގޭ ފަރާތެއްކަމުގައިވުން

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުންނާއި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑިއާއި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2017 ޖަނަވަރީ 17 އިން 2017 ޖަނަވަރީ 23 އަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމާއި، ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ނުވަތަ 7584070 ފޯނަށް ގުޅުއްވުން އެދެމެވެ.

11 ރަބީޢުލްއާޚިރު 1438

 

09 ޖަނަވަރީ 2017
ހޯދާ