މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ ޤާނޫނީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން
ކައުންސިލްގެ ޤާނޫނީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ
މި ކައުންސިލުން ކުރި އިޢުލާން ނަންބަރު IUL)219-CA/1/2016/22) އަށް އެކަށީގެންވާވަރަށް ތަރުހީބުލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ޤާނޫނީ މަސައްކަތްތަކެއް އުޖޫރައަކާ ނުލައި ކޮށްދޭނެ ޤާނޫނީ ވަކީލުން / "ލޯފާރމްސް" ހޯދުމަށް އަލުން އިޢުލާންކުރީމެވެ.
ވީމާ، މި މަސައްކަތްތައް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 17 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލަށް ތިރީގައި ބަޔާން ކުރެވިފައިވާ ލިޔުންތަކާއެކު ސިޓީ / ޕްރޮޕޯސަލްތައް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- އަމިއްލަ ފަރުދެއްނަމަ (ކަރިކިލަމް ވިޓާ / ސީވީ)
- ލޯފާމް / ޕާރޓްނަރޝިޕް (ރަޖިސްޓްރޭޝަން ސެޓުފިކެޓާއި ޕްރޮފައިލް)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ލޯޔަރުންގެ ވަކާލާތު ކުރުމުގެ ހުއްދަތަކުގެ ކޮޕީ
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މި ކައުންސިލްގެ ނަންބަރު 3003886/3003995 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
12 ރަބިޢުލްއާޚިރް 1438
10 ޖަނަވަރީ 2017
ހޯދާ