ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
|
|
|
މަޤާމު: |
ފައިނޭންސް އޮފިސަރ |
ސެކްޝަން: |
ފައިނޭންސް ސެކްޝަން |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 5 ވަނަ ފަންގިފިލާ، ވެލާނާގެ، ކ. މާލެ. |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރައާއި ޢިނާޔަތްތައް: |
އަސާސީ މުސާރަ: މަހަކު -/6,000 ރުފިޔާ ސަރވިސް އެލަވަންސް: މަހަކު -/4,000 ރުފިޔާ |
މަޤާމުގެ ޝަރުޠު: |
1. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއްހާސިލުކޮށްފައިވުމާއެކު، މަޤާމުގެމަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. 2. އެކައުންޓިން ސޮފްޓްވެއާ ޕެކޭޖް ބޭނުންކުރަން އެނގުން. 3. މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން. |
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ކުންފުންޏައް ލިބޭ އާމްދަނީ ފައިސާ ބަލައިގަނެ، ދުވަހުން ދުވަހަށް ޖަމާކޮށް އެކަމާބެހޭ ރިކޯޑު ބެލެހެއްޓުމާއި، ރިޕޯޓުތައް ފޮނުވުން. 2. ކުންފުންޏަށް އަންނަ ބިލުތަކަށް ފައިސާ ދެއްކުމަށް ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި، އެ އެއްޗެހީގެ ރެކޯޑުތައް ބެލެހެއްޓުން. 3. ފައިނޭންސް ސެކްޝަނުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެފޮނުވުމާއި، އެކިފަރާތްތަކުން އަންނަ ލިޔުންތަކަށް ޖަވާބުދީ އެ ލިޔުންތަކުގެރިކޯޑު ބެލެހެއްޓުން. 4. ކުންފުނީގެ ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި އެކަމާބެހޭ ރިޕޯޓް ހަދައި ގަވާއިދުން ފޮނުވުން. 5. ކުންފުންޏަށް ގަނެވޭ އެސެޓްތަކުގެ ރަޖިސްޓަރީ ހަދައި، ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން. 6. ސެކްޝަންގެ ވެރިޔާއާއި ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމުން ހަވާލުކުރާ ކަންކަން އިރުޝާދާ އެއްގޮތަށް ކުރުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު). 2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ). 3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު). 4. އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. |
ސުންގަޑި: |
2016 ޖަނަވަރީ 15 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޕަރޭޝަންގެ އޮފީހަށް ހުށަހަޅުއްވާށެވެ. ނުވަތަ މި ކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާ. |
|
|
މަޤާމު: |
އޮފީސް އެސިސްޓަންޓް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 5 ވަނަ ފަންގިފިލާ، ވެލާނާގެ، ކ. މާލެ. |
މުސާރައާއި ޢިނާޔަތްތައް: |
އަސާސީ މުސާރަ: މަހަކު -/4,200 ރުފިޔާ ސަރވިސް އެލަވަންސް: މަހަކު -/2,800 ރުފިޔާ |
މަޤާމުގެ ޝަރުޠު: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 2. ޑްރައިވިންގ ލައިސެންސެއް ހާސިލުކޮށްފައިވުން. 3. މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން. 4. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި، އަދި ގަޑިއަށް ފަރުވާބަހައްޓާ މީހަކަށް ވުން. 5. ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން. |
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. އޮފީހުން ގެންދަންޖެހޭ ސިޓީއާއި، ނޯޓާއި، އެހެނިހެން ތަކެތި ހަވާލުކުރަންޖެހޭ ތަންތަނަށް ހަވާލުކުރުން. 2. ފައިސާ ނެގުމާއި ފައިސާ ދެއްކުމާގުޅޭ ކަންކަމުގައި އޮފީހުގެ ފައިސާއާ ބެހޭ ޔުނިޓުން އަންގާގޮތެއްގެ މަތިން ދާންޖެހޭ ތަންތަނަށް ދިއުމާއި، އެ މަސައްކަތްކުރުން. 3. އޮފީހަށް ނަގަންޖެހޭ މުދަލާއި ތަކެތި ނެގުމަށް ސެކްޝަން/ ޔުނިޓުތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާގޮތަށް އެ ތަކެތީގެ ކޯޓޭޝަންތައް ހޯދުމާއި އޮފީހަށް ގަންނަންޖެހޭ ތަކެތި ގަންނަން ދިއުން. 4. މީގެއިތުރުންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. 2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު). 3. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ). 4. އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. 5. ލައިސަންސްގެ ކޮޕީ. |
ސުންގަޑި: |
2016 ޖަނަވަރީ 15 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޕަރޭޝަންގެ އޮފީހަށް ހުށަހަޅުއްވާށެވެ. ނުވަތަ މި ކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާ. |
|
|
10 ރަބީޢުލްއާޚިރު 1438 |