ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން

އިޢުލާން

ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން: 

2017 ވަނަ އަހަރުގެ ޖޫން 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2017 ޖަނަވަރީ 15 އިން ފެށިގެން 2017 ޖަނަވަރީ 30 ވަނަ ދުވަހުގެ ނިޔަލަށް މި ޑިޕާޓްމަންޓުންނާއި އިމްތިޙާނު ބާއްވާ ސެންޓަރުތަކުން ކުރިއަށް ގެންދާނެއެވެ. ސެންޓަރުތަކުން ބައިވެރިވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާނީ މި މުއްދަތުގައި އެސެންޓަރަކަށެވެ. ޖޫން މަހުގެ އިމްތިޙާނު ބޭއްވޭނީ:

  1. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް / ކ. މާލެ
  2. ހއ. އެޓޯލް ސްކޫލް / ހއ. ހޯރަފުށި
  3. ހއ. އެޓޯލް އެޑިއުކޭޝަން ސެންޓަރ / ހއ. ދިއްދޫ
  4. އިހަވަންދޫ ސްކޫލް / ހއ. އިހަވަންދޫ
  5. ޖަލާލުއްދީން ސްކޫލް / ހދ. ކުޅުދުއްފުށި
  6. ހަނިމާދޫ ސްކޫލް / ހދ. ހަނިމާދޫ
  7. ނެއްލައިދޫ ސްކޫލް / ހދ. ނެއްލައިދޫ
  8. ފުނަދޫ ސްކޫލް / ށ. ފުނަދޫ
  9. ށ. އެޓޯލް އެޑިއުކޭޝަން ސެންޓަރ /ށ. ކޮމަންޑޫ
  10. މިލަންދޫ ސްކޫލް / ށ. މިލަންދޫ
  11. ކެނދިކުޅުދޫ ސްކޫލް / ނ. ކެނދިކުޅުދޫ
  12. މޭނާ ސްކޫލް / ނ. ހޮޅުދޫ
  13. ރ. އަތޮޅު ތަޢުލީމީ މަރުކަޒު / ރ. މީދޫ
  14. އަލިފުށީ ސްކޫލް / ރ. އަލިފުށި
  15. އުނގޫފާރު ސްކޫލް /ރ. އުނގޫފާރު
  16. ހުޅުދުއްފާރު ސްކޫލް / ރ. ހުޅުދުއްފާރު
  17. ރ. އެޓޯލް ސްކޫލް /ރ. ދުވާފަރު
  18. ބ. އަތޮޅު ތަޢުލީމީ މަރުކަޒު / ބ. އޭދަފުށި
  19. ޅ. އެޓޯލް އެޑިއުކޭޝަން ސެންޓަރ / ޅ. ހިންނަވަރު
  20. އިފްތިތާޙް ސްކޫލް  / ޅ. ނައިފަރު
  21. ގުރައިދޫ ސްކޫލް / ކ. ގުރައިދޫ
  22. އުކުޅަހު ސްކޫލް / އއ. އުކުޅަސް
  23. އދ. އަތޮޅު ތަޢުލީމީ މަރުކަޒު / އދ. މަހިބަދޫ
  24. މ. އަތޮޅު ތަޢުލީމީ މަރުކަޒު / މ. މުލި
  25. ދިއްގަރު ސްކޫލް / މ. ދިއްގަރު
  26. ފ. އަތޮޅު ތަޢުލީމީ މަރުކަޒު / ފ. ނިލަންދޫ
  27. ބިލެތްދޫ ސްކޫލް / ފ. ބިލެއްދޫ
  28. ދ. އަތޮޅު ތަޢުލީމީ މަރުކަޒު / ދ. ކުޑަހުވަދޫ
  29. ދ. އެޓޯލް ސްކޫލް / ދ. މީދޫ
  30. ތ. އަތޮޅު މަދަރުސާ / ތ. ގުރައިދޫ
  31. ވިލުފުށީ ސްކޫލް / ތ. ވިލުފުށި
  32. ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލް / ލ. ގަން
  33. ލ. އެޓޯލް އެޑިއުކޭޝަން ސެންޓަރ / ލ. ފޮނަދޫ
  34. ގއ. އަތޮޅު ތަޢުލީމީ މަރުކަޒު / ގއ. ވިލިނގިލި
  35. ގދ. އަތޮޅު ތަޢުލީމީ މަރުކަޒު / ގދ. ތިނަދޫ
  36. ޏ. އަތޮޅު ތަޢުލީމީ މަރުކަޒު / ޏ. ފުވައްމުލައް
  37. އައްޑޫ ހައި ސްކޫލް / ސ. ހިތަދޫ  
  38. ސ. އެޓޯލް ސްކޫލް / ސ. ހުޅުމީދޫ

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.  އެޕްލިކޭޝަން ފޯމު މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

10 ރަބީޢުލްއާޚިރު 1438

 

08 ޖަނަވަރީ 2017
ހޯދާ