ދިވެހިރާއްޖެ
އިޢުލާން
ޕިކަޕު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން:
ހަންޏާމީދޫ ކައުންސިލްގެ އިދާރައިގެ ޕިކަޕްގެ ގިއަރުބައި މައްސަލަޖެހިފައިވާތީ، ޕިކަޕްގެ ގިއަރަށް ދިމާވާފައިވާ މައްސަލަބައި އެމައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 11 ވާ ބުދަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށް ބިޑް ހުށަހެޅުން އެދެމެވެ. ބިޑް ހުށަހަޅާނީ ހަންޏާމީދޫ ކައުންސިލުން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. އިތުރު މަޢުލޫމާތު ހޯދަން 6680056 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
ޕިކަޕުގެ އިންޖީނާބެހޭ މަޢުލޫމާތު ތިރީގައިއެވަނީ:
އެތެރެކުރި ފަރާތުގެ: ސީރިއަސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
ޕޮއިންޓްދިނުމުގެ އުސޫލު:
- ހުށަހަޅާ އެންމެ ދަށް އަގަށް 85 ޕޮއިންޓް
 - މަސައްކަތް ނިންމުމަށް ހުށަހަޅާ އެންމެ އަވަސް މުއްދަތަށް 15 ޕޮއިންޓް
 
އިޢުލާނާ ގުޅިގެން ދެވޭ މަޢުލޫމާތު:
| 
 ޕިކަޕުގެ އިންޖީނާބެހޭ މަޢުލޫމާތު:-  | 
||
| 
 މޮޑެލް ނަންބަރު: K2 700  | 
 ޗެސިސް ނަންބަރު: KNCSHX71LB7560834  | 
 އުފެއްދި ޤައުމު: SOUTH KOREA  | 
| 
 އިންޖީނުގެ ނަންބަރު: J2573366  | 
 އިންޖީނު ކެޕޭސިޓީ: 2665CC  | 
 އުފެއްދި އަހަރު: 2011  | 
ޕިކަޕްގެ ގިޔަރު ހަދައިދނުމަށް އެދި ހުށަހަޅާ ފަރާތަކަށް ދެވޭ މަޢުލޫމާތު:
- އިންޖީނު ގިޔަރު ކުލާސް މައްސަލަ ޖެހުން.
 - ގިޔަރަށްލާފައި ހުއްޓައި ބުރެކި ޖެއްސިޔަސް މަޑުނުވުން.
 - ގިޔަރަށް ލުމުން ކެލެޖް ނުކުރަނީސް ކުރިޔަށް ދިޔުން.
 
