މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށްހިފުމަށް

އިޢުލާން

2017 ވަނަ އަހަރު މި މަރުކަޒުގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށްހިފަން ބޭނުންވެއްޖެ

2017 ވަނަ އަހަރު މި މަރުކަޒުގެ އިސްވެރިޔާ ހުންނަވަން ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށްހިފަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)GS-23/GS-23/2016/17 އިޢުލާނަށް އިޖާބަދީ ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އަންދާސީހިސާބު ހުށަހަޅާފައިވަނީ 2 ފަރާތުން ކަމަށްވާތީ، ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން އަލުން ހުޅުވާލަމެވެ. މި ގެ ނުވަތަ އެޕާޓްމަންޓަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވި، މަދުވެގެން 2 ކޮޓަރިއާއި ސިޓިންގރޫމް ފަރުނީޗަރާއެކު ހުރި، ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު ހުރި ބަދިގެބަޔަކާއި ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ. ވީމާ، ގެ ނުވަތަ އެޕާޓްމަންޓެއް ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މި މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބާއެކު ގެއާއި ގޯތީގެ ފްލޯޗާޓްގެ އިތުރުން އިންވެންޓްރީގެ ލިސްޓް ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ބަލައިގަތުން:

މަޢުލޫމާތު ސާފުކުރުން:

ތާރީޚް: 15 ޖަނަވަރީ 2017

ތާރީޚް: 11 ޖަނަވަރީ 2017

ގަޑި: 10:30

ގަޑި: 10:30

ތަން: މ. އަތޮޅު ތަޢުލީމީ މަރުކަޒު

ތަން: މ. އަތޮޅު ތަޢުލީމީ މަރުކަޒު

ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް ކޮންމެވެސް 1 ފަރާތެއްގެ ނަމުގައެވެ.

08 ޖަނަވަރީ 2017
ހޯދާ