އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
އިސްލާމް ޓީޗަރ

އިޢުލާން

މަޤާމް:                    އިސްލާމް ޓީޗަރ

ބޭނުންވާ އަދަދު:               1 (އެކެއް)

ވަޒީފާއޮތް އޮފީސް:             އިނގުރައިދޫ ސްކޫލް، ރ. އިނގުރައިދޫ

މަޤާމުގެ ގިންތި:               ވަގުތީ (ކޮންޓްރެކްޓް)  -  3 މަސްދުވަހަށް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:    އިނގުރައިދޫ ސްކޫލް، އެކަޑަމިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ހަވާލުކުރެވޭ ތާވަލާ އެއްގޮތަށް ކުލާސްތަކަށް ހާޒިރުވެ، ''ސްކީމް އޮފް ވޯކް'' ގައިވާގޮތަށް، މަންހަޖުގައި ބަޔާންކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ހާސިލުކޮށްދިނުން.

- ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.

- ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.

- ކިޔަވައިދިނުމާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.


މަޤާމުގެ

ނަން

 

މުސާރަ

މަޤާމުގެ

ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ

ރޭންކް

އަސާސީ

ޝަރުޠު

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ

މަހަކު

-/10,640

ރުފިޔާ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ

ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން

2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް

ލިބިފައިވުން.

މަހަކު -/2،500 ރުފިޔާ

މަހަކު

-/10,320

ރުފިޔާ

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ

ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން2

2އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް

ލިބިފައިވުން.

މަހަކު -/2،500 ރުފިޔާ

މަހަކު

-/10,100

ރުފިޔާ

 

 

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ

ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން

2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް

ލިބިފައިވުން.

މަހަކު -/2،500 ރުފިޔާ

 

 

 

މަހަކު

-/9910

ރުފިޔާ

 

CS15-2

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން

ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ

ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ

ސަނަދެއް  ހާސިލުކޮށްފައި އޮތުމާއެކު،

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ

ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް

ނުވަތަ އެއަށްވުރެ މަތީ ސަނަދެއް

ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ

ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ

ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް

ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް

ވެލިޑޭޓްކޮށްފައިވުން. ނުވަތަ؛

މަހަކު -/2،500 ރުފިޔާ

ޓީޗަރ

މަހަކު

-/9850

ރުފިޔާ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ގެ

ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން

2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/2،500 ރުފިޔާ

މަހަކު 

9360/-

ރުފިޔާ

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3-CS13 ގެ

ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން

2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/2،500 ރުފިޔާ

 މަހަކު

8890/-

ރުފިޔާ

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ގެ

ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން

2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/2،500 ރުފިޔާ

 މަހަކު

8440/-

ރުފިޔާ

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ

މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ

ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް

ވެލިޑޭޓްކޮށްފައިވުން.

މަހަކު -/2،500 ރުފިޔާ

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:

   މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން.

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން.

15%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް އޮތުން.

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން.

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި އިސްކަންދޭނީ، ޓީޗިންގ ދާއިރާއިން ތަޢުލީމު ހާސިލުކޮށް، ތަމްރީނު ލިބިފައިވާ ފަރާތްތަކަށެވެ.

- ޓީޗިންގ ދާއިރާއިން ތަޖުރިބާހުރި، ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހުންނަށެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، މި އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.  

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އިނގުރައިދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 17 ވަނަ ދުވަހުގެ 14:00 އެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އިނގުރައިދޫ ސްކޫލުގެ 6580002 ،6580005 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

10 ރަބީޢުލްއާޚިރު 1438

08 ޑިސެންބަރު 2016
ހޯދާ