މަޤާމް
|
އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ
|
ބޭނުންވާ އަދަދު
|
1
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 (ޖީ.އެސް.3)
|
ރޭންކް: GS3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ރިސްކް އެލަވަންސް
|
ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކު -/50 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
އަސާސީ މުސާރައިގެ %35
|
ޑިޕާރޓްމަންޓް
|
ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ (ހިއުމަން ރިސޯސް ސެކްޝަން)
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އެން.ޑީ.އޭ އާއި އެން.ޑީ.އޭ އިން ބަލަހައްޓަމުންގެންދާ ތަންތަނުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސް (ޕޭރޯލް/ މުވައްޒަފުންގެ މުސާރަ ދިނުމަށް ހަމަޖެހިފައިވާ ދުވަހަށް) ދިނުމުގެ އެންމެހައި މަސައްކަތްކުރުން.
- މުސާރައާ ގުޅިގެން ހުށަހަޅަންޖެހޭ ހުރިހާ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވުން.
- އަލަށް ވަޒީފާ ދެވޭ މުވައްޒަފުންނަށް ވަޒީފާއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް ހިންގުމުގެ މަސައްކަތް އަދި އަލަށް ވަޒީފާއަށް ނުކުންނަ ފަންނީ މުވައްޒަފުންނާއި، ދާއިރާގެ އޮނިގަނޑު ރޭވިފައިވާގޮތް މަސައްކަތް ހިންގުމަށް ރޭވިފައިވާ ގޮތުގެ އޮރިއެންޓޭޝަން ހިންގުން އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް (އިންޑަކްޝަން) ހިންގުމުގެ އެންމެހައި މަސައްކަތްކުރުން.
- އެން.ޑީ.އޭ އާއި އެން.ޑީ.އޭ އިން ބަލަހައްޓަމުންގެންދާ ތަންތަނުގެ މުވައްޒަފުންގެ ރަޖިސްޓަރީ (ދާއިމީ، ފޮހޭ، ކޮންޓްރެކްޓް ރަޖިސްޓަރީ) ބަލަހައްޓާ މަޤާމުތަކަށް އަންނަ ބަދަލާއި، އުނި އިތުރުކުރަންޖެހޭ މަޤާމުތައް ފާހަގަކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އެން.ޑީ.އޭ އާއި އެން.ޑީ.އޭ އިން ބަލަހައްޓަމުންގެންދާ ތަންތަނުގެ މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ހެދުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ސިވިލް ސަރވިސްގެ ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ ޔުނިޓާ ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުމުގެ މަސައްކަތް ކުރުން.
- އެކިއެކި ކޯސްތަކުގައި ވަޑައިގެންފައިވާ ފަރާތްތަކަށް ލިބެންޖެހޭ ފައިސާއާއި އެހެނިހެން އެލަވަންސްތައް ހަމަޖައްސައިދިނުމާއި، ގަވާއިދުން ލިބޭތޯ ބަލަމުން ގެންދިއުން.
- ކޮންމެ އަހަރެއްގެ ޑިސެންބަރުމަސް ނިމުމުގެ ކުރިން އެން.ޑީ.އޭ އާއި ހުރިހާ ސެންޓަރުތަކުގެ މުވައްޒަފުންގެ ޗުއްޓީ ޕްލޭން (ލީވް ޝެޑިއުލް) ތައްޔާރުކުރުން.
- އެން.ޑީ.އޭ އަދި އެހެން ސެންޓަރުތަކުގެ މުވައްޒަފުންގެ ޗުއްޓީ (ސަލާމް، ޢާއިލީ ޒިންމާ އަދި އަހަރީ ޗުއްޓީ ބާކީކޮށް) އާގުޅޭ އެންމެހައި މަސައްކަތް ކުރުމާއި، ސަލާމާއި ޢާއިލީ ޒިންމާ އަދި ޗުއްޓީ ފޯމުތައް މުވައްޒަފުންގެ ފައިލަށް ލައި އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ސަލާމާއި ޢާއިލީ ޒިންމާ އަދި އަހަރީ ޗުއްޓީ އެޓެންޑެންސް ސިސްޓަމަށް ދުވަހުން ދުވަހަށް އަޅައި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަލަށް ވަޒީފާ ދެވޭ މުވައްޒަފުން ސޮއިކުރުމުގެ އިންތިޒާމު ހަމަޖައްސައި ހާޒިރީ ބެލެހެއްޓުން.
- ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ ފަރާތްތަކަށް (އޮން ދަ ޖޮބް ޓްރޭނީ އަދި ދީނީ ފެސިލިޓޭޓަރުން) ވަޒީފާ ދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
- އެން.ޑީ.އޭ އިން ހިންގާ އެކިއެކު ޕްރޮޖެކްޓްތަކަށް ކޮންޓްރެކްޓް އުސޫލުން ހޯދަންޖެހޭ ދިވެހިން ހޯދުމުގެ މަސައްކަތްކުރުން.
- މި އެޖެންސީގެ ދަށުން ހިނގަމުންދާ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމެޓީ (އެޗް.އާރް.އެމް.ޑީ) ގެ އެންމެހައި މަސައްކަތްތައް ކުރުން.
- މި އެޖެންސީއާއި މި އެޖެންސީގެ ދަށުން ހިނގަމުންދާ ސެންޓަރުތަކުގެ މަޤާމުތަކުގެ އިންޓަރވިއު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އޮފީސް ހުޅުވުން އަދި އޮފީސް ލެއްޕުން (ކަނޑައެޅިފައިވާ ހަފުތާތަކުގައި).
|
ތަޢުލީމާއި ތަޖުރިބާ
|
1. ބިޒްނަސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ބިޒްނަސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.
- ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް ވެސް (އެކްރެޓިޑްކޮށްފައި ނުވި ނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
(ހ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓެއް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
|
ސުންގަޑި
|
2017 ޖަނަވަރީ 17 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަންވާނެއެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2017 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ސްކްރީނިންގ
|
- އިޢުލާނުގައި ހުށަހަޅަންޖެހޭ ލިޔުންތައް، މިބައިގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުން
- މަޤާމުގެ އަސާސީ ޝަރުޠައް ވާ ތަޢުލީމީ ފެންވަރު ހަމަވުން.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިވުން. (އެޕްލިކޭޝަން ފޯމު، ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކާއި އިޢުލާނުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަމާގުޅޭ މުހިންމު ލިޔެކިޔުންތައް)
- އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅާފައިވުން.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343061 އެވެ. ވަޒީފާއަށް އެދޭ ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މިއެޖެންސީގެ ވެބްސައިޓް (www.nda.gov.mv) އަދި ސިވިލް ސަރވިސް ވެބްސައިޓުގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
|