މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް

އިޢުލާން

ނ.މަނަދޫން ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމާ ގުޅޭ

ނ. މަނަދޫގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރުމަށް ނ. މަނަދޫގެ ލޭންޑް ޔޫސް ޕްލޭނުގައި ކަނޑައަޅާފައިވާ ޒޯންގައި ވިޔަފާރި ކުރުމަށް ބިން ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

ނ. މަނަދޫ ކައުންސިލުން ދޫކުރުމަށް ނިންމާފައިވަނީ 10000 (ދިހަހާސް) އަކަފޫޓުގެ 2 ބިމާއި 5000 (ފަސްހާސް) އަކަފޫޓުގެ 6 ބިމެވެ.

ވީމާ، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލެއްވާ ފަރާތްތަކުން 2016 ޑިސެންބަރު 29 ވަނަ ދުވަހުން ފެށިގެން 2017 ޖަނަވަރީ 29 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދި ހުށަހަޅާ ސިޓީއާއެކު ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވަންވާނީ ނ. މަނަދޫން ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް އެޑްރެސް ކުރައްވައި، ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ޕްރޮޕޯޒަލް ކެނޑުމުގެ ސުންގަޑިއަކީ 2017 ޖަނަވަރީ 29 ވާ އާދީއްތަދުވަހުގެ 13:30 ގައެވެ.

އަދި ބިންތައް ދޫކުރުމުގައި އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ޕްރޮޕޯޒަލަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އެ ސަރަހައްދު ހިމެނޭ ޗާޓު މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި ކައުންސިލް އިދާރާއަށް ދުރުވެ، ނުވަތަ ނ. މަނަދޫ ކައުންސިލް އިދާރާގެ ނަންބަރު 6560029 ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

30 ރަބީޢުލްއައްވަލް 1438

29 ޑިސެންބަރު 2016
ހޯދާ