ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކް އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައިހުރި ރުއްގަސްތައް ނަގައި ސާފުކޮށް، ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ކުޑަކުދިންގެ ޕާކް އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ހުރި ރުއްގަސްތައް ނަގައި ސާފުކޮށް ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް 15 ޑިސެންބަރު 2016 ގައި މި އިދާރާއިން ކުރި (IUL)261/261/2016/77 އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ޕާކް ހެދުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ހުރި ރުއްގަސް ނަގައި ބިން ސާފުކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 17 ވާ އަންގާރަދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 23 ވާ ހޯމަދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މީގެ އިތުރުން، ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަން ސެޓުފިކެޓާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއަކުން، ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި، ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ރަބީޢުލްއާޚިރު 1438 

09 ޖަނަވަރީ 2017
ހޯދާ