ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ހއ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ކުރި ނަންބަރު: GS19-C/IUL/2016/42 ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް 3 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ވިޔަފާރި / ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ގެންނެވުމަށްވެސް ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވުން އެދެމެވެ.
ބޭނުންވާ ތަކެތި:
- ސައުންޑް ސިސްޓަމް
ތަފުސީލު |
ތާރީޚު |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
2017 ޖަނަވަރީ 08 (އާދީއްތަ) |
މެންދުރު: 12:45 |
މަދަރުސާގެ އޮފީސް |
އަންދާސީހިސާބު ހުށަހެޅުން |
2017 ޖަނަވަރީ 15 (އާދީއްތަ) |
މެންދުރު: 12:45 |
މަދަރުސާގެ އޮފީސް |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި، 6500048 ނަންބަރު ފޯނާ ގުޅުއްވުމަށް ދެންނެވީމެވެ.
04 ރަބީޢުލްއާޚިރު 1438