ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
މަލްޓިޕާޕަސް ހޯލަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ހއ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ކުރި ނަންބަރު: GS19-C/IUL/2016/42 ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް 3 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ވިޔަފާރި / ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ގެންނެވުމަށްވެސް ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވުން އެދެމެވެ.

ބޭނުންވާ ތަކެތި:

700 ޕްލާސްޓިކް ގޮނޑި (އަތްގަނޑުނުލާ)

30 ގޮނޑި ކުސަންޖެހި  (އަތްގަނޑުލީ)

ތަފުސީލު

ތާރީޚު

ގަޑި

ތަން

މަޢްލޫމާތު ސާފުކުރުން

2017 ޖަނަވަރީ 08 (އާދިއްތަ)

ހެނދުނު: 10:30

މަދަރުސާގެ އޮފީސް

އަންދާސީ ހިސާބު ހުށަހެޅުން

2017 ޖަނަވަރީ 15 (އާދިއްތަ)

ހެނދުނު: 10:30

މަދަރުސާގެ އޮފީސް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ، ރަސްމީގަޑީގައި، 6500048 ނަންބަރު ފޯނާ ގުޅުއްވުމަށް ދެންނެވީމެވެ.

04 ރަބީޢުލްއާޚިރު 1438

02 ޖަނަވަރީ 2017
ހޯދާ