ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ދޮރުފަތް ޖެހުމާއި ފާޚާނާތައް މަރާމާތުކުރުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލަށް ބޭނުންވާ 12 ދޮރުފަތް ޖެހުމާއި، ދަރިވަރުން ބޭނުންކުރަމުންދާ ފާޚާނާތައް މަރާމާތުކުރުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 10 ވާ އަންގާރަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 17 ވާ އަންގާރަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަދި ދަންނަވަމެވެ، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 6540540 އަށް ގުޅުއްވުން އެދެމެވެ.

5 ރަބީޢުލްއާޚިރު 1438

03 ޖަނަވަރީ 2017
ހޯދާ