މަޤާމު
|
އޮފީސް އެސިސްޓެންޓް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 2 (އެސް.އެސް.2)
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ:
|
މަހަކު -/3,470 (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ) ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1,000 (އެއް ހާސް) ރުފިޔާ
|
އެޓަރނީ ޖެނެރަލްސް އޮފީސް އެލަވަންސް
|
އަސާސީ މުސާރައިގެ % 35
|
މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:
|
އެޓަރނީ ޖެނެރަލްގެ އޮފީސް / އޮފީސް މެނޭޖްމަންޓް ސެކްޝަން، މާލެ
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ރަސްމީ ގަޑީގައާއި، ނުރަސްމީ ގަޑީގައި، އޮފީހުން އަންގާ ގޮތެއްގެ މަތިން، އޮފީހުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ތަކެއްޗާއި ލިޔެކިޔުން ރައްދުކުރުމަށްޓަކައި ދާންޖެހޭ ތަންތަނަށް ގޮސް އެ ތަކެތި ރައްދުކުރުން.
- ފައިސާ ނެގުމާއި ފައިސާ ދެއްކުމާގުޅޭ ކަންކަމުގައި އޮފީހުގެ ފައިސާއާ ބެހޭ ޔުނިޓުން އަންގާގޮތެއްގެ މަތިން ދާންޖެހޭ ތަންތަނަށް ދިއުމާއި، އެ މަސައްކަތްކުރުން.
- އެޓަރނީ ޖެނެރަލްއާއި އޮފީހުގެ ސިޔާސީ ވެރިން އޮފީހުގެ ފަރާތުން ކުރައްވާ ދަތުރުފުޅުތަކުގައި ފުރާވަޑައިގަންނަވާއިރުގައްޔާއި، އެނބުރި ވަޑައިގަންނަވާއިރު އެ ބޭފުޅުންގެ ލަގެޖް އުފުލުމާއި، އެއަރޕޯޓަށް ލަގެޖް ގެންދިއުމާއި އެއަރޕޯޓުން ލަގެޖް ގެނެއުމުގެ މަސައްކަތްތައް ކުރުން.
- ޔުނިޓުގެ ވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން، އޮފީހުގެ މެއިންޓެނަންސްއާ ގުޅޭ އެންމެހައި ކަމެއް ބަލަހައްޓައި ކުރަންޖެހޭ މަރާމާތުތައް ކުރުން.
- އައިޓީއާ ގުޅުންހުރި މަސައްކަތްތަކުގައި އުފުލަންޖެހޭ ތަކެތި އުފުލުމާއި، އެ ޔުނިޓުގެ ލަފަޔާއި އިރުޝާދުގެ ދަށުން އައިޓީގެ ވަސީލަތްތަކުގެ މެއިންޓެނަންސް މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- އޮފީހަށް ނަގަންޖެހޭ މުދަލާއި ތަކެތި އުފުލުމަށް އޮފީހުގެ ކަމާ ބެހޭ ސެކްޝަން/ ޔުނިޓުތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާގޮތަށް ގަވާއިދުން ކުރަމުން ގެންދިއުން.
- އޮފީހުން އިންތިޒާމްކުރާ އެކިއެކި ޖަލްސާ، ރަސްމިއްޔާތު، ޙަފްލާ ފަދަ ކަންކަމަށް އުފުލަންޖެހޭ ތަކެތި އުފުލުމާއި، ތަން ތައްޔާރުކުރުމުގައި ސެކްޝަން/ ޔުނިޓުތަކަށް ބޭނުންވާ ގޮތެއްގެމަތިން އެހީތެރިކަން ފޯރުކޮށްދިނުމާއި، ޙަފްލާ ނިމުމުން ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް އަނބުރާ ރައްދުކުރުމަށް އެހީތެރިވެދިނުން.
- އެޓަރނީ ޖެނެރަލްގެ ކާރުކޮޅުގެ މެއިންޓެނަންސްގެ ކަންކަން ބެލެހެއްޓުމާއި، ވެހިކަލްގެ ރަޖިސްޓަރީއާއި، އަހަރީ ފީ ދެއްކުމާއި އިންޝުއަރަންސް ދެއްކުމުގެ ކަންކަމުގައި އެހީތެރިވެދިނުން.
- މީގެއިތުރުންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް ހާސިލުކޮށްފައިވުން،
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭ ފަދަ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
|
އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން:
|
2017 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 17 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، ފޯމާއި އަންނަނިވި ލިޔެކިޔުންތަކާއެކު މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.
- ވަޒީފާއަށް އެދޭފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛
- އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ؛
- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ؛
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛
- ފުރިހަމަކުރައްވާފައިވާ ކުރު މުއްދަތުގެ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ ލިޔުންތަކުގެ ކޮޕީ؛
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަން އެނގޭނެ އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|