ދިވެހިރާއްޖެ
އިޢުލާން
ޕްރީސްކޫލް ދަރިވަރުންނަށް އައުޓް ޑޯރ ސެޓަޕެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން މި ސްކޫލުން ކޮށްފައިވާ ނަންބަރު IUL-27/GS211/2016 އިޢުލާނާއެކު އެ މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް ޝާއިޢުކުރެވިފައި ނެތުމުން އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިދަންނަވާ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާއިރު، ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއި ހުށަހެޅުމަށް ބޭނުންވާނެ މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ.
2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 10:00 ގައި ނޫރާނީ ސްކޫލްގައި |
އަންދާސީހިސާބު ހުށަހެޅުން |
މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
5 ރަބީޢުލްއާޚިރު 1438