މަޤާމު:
|
މަނިޓަރީ އެސިސްޓެންޓް
|
ޑިވިޜަން:
|
މަނިޓަރީ ޕޮލިސީ ސެކްޝަން /މަނިޓަރީ ޕޮލިސީ އެންޑް ރިސަރޗް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
- މެކްރޯއިކޮނޮމިކްސް ނުވަތަ އެއާ ގުޅުންހުރި ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.
- އިކޮނޮމެޓްރިކްސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އިޤްތިޞާދުގައި ހިމެނޭބައިތައް ދިރާސާކޮށް މަނިޓަރީ ޕޮލިސީ އެކުލަވައިލުމުގައި އެހީތެރިވެދިނުން.
- ފައިނޭންޝަލްއާއި، މަނިޓަރީ ސެކްޓަރާ ގުޅުން ހުރި ރިސަރޗް ޕޭޕަރުތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުމާއި އެމްއެމްއޭގެ އެނުއަލް ރިޕޯޓާއި ކުއަރޓާލީ އިކޮނޮމިކް ބުލެޓިން ޝާއިޢުކުރުމުގެ މަސައްކަތައް އެހީތެރިވެދިނުމާއި މަނިޓަރީ ޕޮލިސީ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީވެދިނުން.
|
މަޤާމު:
|
އެސިސްޓެންޓް މެނޭޖަރ
|
ޔުނިޓު:
|
ރިޒަރވް މެނޭޖްމަންޓް އެންޑް މާކެޓް އޮޕަރޭޝަންސް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
03 (ތިނެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
- ފައިނޭންސް ނުވަތަ އެކައުންޓިން އެންޑް ފައިނޭންސް ނުވަތަ ފައިނޭންސް އެންޑް އިކޮނޮމިކްސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
|
- ރިޒަރވް މެނޭޖް ކުރުމަށްޓަކައި އެކިއެކި އެސެޓްކްލާސްތަކުގައި އިންވެސްޓް ކުުރުން.
- މާލީބާޒާރާއި ބެހޭ ދިރާސާކޮށް މަޢުލޫމާތު އެއްކޮށް ރިޕޯޓް ތައްޔާރުކުރުން.
- އިންވެސްޓްމެންޓްތައް މޮނިޓަރކުރުމާއި އިންވެސްޓް ކުރުމުގައި ހުރި ފުރުސަތުތައް ހޯދައި ރިސަރޗް މަސައްކަތް ކުރުން.
- ރިޒަރވް މެނޭޖްމަންޓާގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް އެނަލައިޒްކުރުމާއި ރިސްކް މެނޭޖްކުރުން.
|
މަޤާމު:
|
ރިސަރޗް އެސިސްޓެންޓް
|
ސެކްޝަން/ޑިވިޜަން:
|
އިކޮނޮމިކް ރިސަރޗް އެންޑް އެނަލިސިސް ސެކްޝަން / މަނިޓަރީ ޕޮލިސީ އެންޑް ރިސަރޗް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
02 (ދޭއް)
|
ތަޢުލީމީ ފެންވަރު:
|
- އިކޮނޮމިކްސް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އިޤްތިޞާދު ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓު ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުން.
|
ހުނަރުވެރިކަން:
|
- އިޤްތިޞާދު ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުމުގެ ހުނަރު ހުރުން.
- އިޤްތިޞާދީ، ބޭންކިން އަދި ފައިނޭންޝަލް ދާއިރާއާ ގުޅޭ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރުހުރުން.
- މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.
- އީ-ވިއުޒް ފަދަ އިކޮނޮމެޓްރިކް އަދި ފޯރކާސްޓިންގ ސޮފްޓްވެއަރއަކަށް އަހުލުވެރިވެފައިވުން.
|
މަޤާމު:
|
އޮފިސަރ
|
ސެކްޝަން/ޑިވިޜަން:
|
ޑޮމެސްޓިކް އޮޕަރޭޝަންސް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
03 (ތިނެއް)
|
ތަޢުލީމީ ފެންވަރު:
|
- ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އެމް.އެމް.އޭ އިން ހިންގާ ދިވެހި ފައިސާގެ މުޢާމަލާތްތަކާބެހޭ މަސައްކަތްކުރުން.
|
މަޤާމު:
|
އޮފިސަރ
|
ސެކްޝަން/ޑިވިޜަން:
|
ޕޭމަންޓް އެންޑް ސެޓްލްމެންޓް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
02 (ދޭއް)
|
ތަޢުލީމީ ފެންވަރާއި
|
- ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމެންޓް ސިސްޓަމާއި، އޮޓޮމޭޓެޑް ކްލިއަރިންގ ހައުސްއާއި ސްވިފްޓް ސިސްޓަމާ ގުޅޭ އިދާރީ މަސައްކަތްތައް ސުޕަވައިޒްކުރުމަށް އެހީތެރިވުން.
|
މަޤާމު:
|
އޮފިސަރ
|
ޑިވިޜަން:
|
ފޮރިން އޮޕަރޭޝަންސް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
02 (ދޭއް)
|
ތަޢުލީމީ ފެންވަރު:
|
- ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އެމްއެމްއޭ އިން ހިންގާ ބޭރު ފައިސާގެ މުޢާމަލާތްތަކާބެހޭ މަސައްކަތްކުރުން.
|
މަޤާމު:
|
އޮފިސަރ
|
ޑިވިޜަން:
|
ކޯޕަރޭޓް އެކައުންޓްސް ސެކްޝަން / ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
03 (ތިނެއް)
|
ތަޢުލީމީ ފެންވަރު:
|
- ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އެމްއެމްއޭގެ ބަޖެޓާ ގުޅުން ހުރި މަސައްކަތާ އެމްއެމްއޭގެ ބޭރުފައިސާގެ އެކައުންޓްތަކާ ގުޅުން ހުރި މަސައްކަތާއި ރިޒަރވް މެނޭޖްމަންޓުގެ ބެކް އޮފީސް މަސައްކަތް ކުރުން
|
މަޤާމު:
|
އޮފީސް އެސިސްޓެންޓް
|
ސެކްޝަން:
|
އެޑްމިނިސްޓްރޭޝަންް ސެކްޝަން/ ޖެނެރަލް ސަރވިސަސް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
- ދިވެހިބަހާއި އިނގިރޭސިބަހުން ލިޔަންކިޔަން އެނގުން
- ގިނަ ވަގުތު މަސައްކަތު އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން
- ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އެމްއެމްއޭ އިން އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި ތަކެތި ގެންދިއުމާއި އެފަދަ ތަކެތި ތަންތަނުން ގެނައުމާއި އެމްއެމްއޭގެ ވެހިކަލްތައް ދުއްވުން
|
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ހުނަރުވެރިކަމާއި ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
ހުނަރުވެރިކަން:
|
- އަމިއްލަ އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
- އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- "މައިކްރޯސޮފްޓް އޮފީސް" އަށް އަހުލުވެރިވެފައިވުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- ރިވެތި އަދަބުތަކާއެކު މުޢާމަލާތްކުރުމުގެ އާދަ އަށަގަނެފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ސްކޫލް ލީވިން ސެޓުފިކެޓުގެ ކޮޕީ (ލިބިފައިވާނަމަ)
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.
|
ސުންގަޑި
|
2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް
|