އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ރިލީފު ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ރިލީފް ޓީޗަރ

ބޭނުންވާ އަދަދު: 4 (ހަތަރެއް)

މަޤާމުގެ ނަންބަރު: 

މަޤާމުގެ ގިންތި: ވަގުތީ

ސަރވިސް: ޕްރޮފެޝަނަލް އޭ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: އޮމަދޫ ސުކޫލް، ތ. އޮމަދޫ

މުސާރައާއި، ސަރވިސް އެލަވަންސް:

މުސާރަ: ކިޔަވައިދިނުމުގެ ރޮނގުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ: -/6090 ރުފިޔާ

ސަރވިސް އެލަވަންސް: -/2500 ރުފިޔާ

މުސާރަ: މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ: -/5500 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

މުސާރަ: ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ: -/4500 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން ނުވަތަ މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ދިވެހިރާއްޖޭގެ ޤައުމީ މުޤައްރަރުގައިވާގޮތަށް ކިޔަވައިދިނުން.

2. ސްކީމާއި ލެސަން ޕްލޭނާއި، ޓީޗިންގ އެއިޑްސް ހެދުން.

3. ޓެސްޓްޕޭޕަރުތަކާއި ވޯކްޝީޓްތައް ތައްޔާރުކުރުން.

4. މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުވައި، މުބާރާތްތައް ހިންގުމުގައި އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި:

2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އޮމަދޫ ސުކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. މި ވަޒީފާއަށް މީހުން ޢައްޔަންކުރެވޭނީ މެރިޓް އުސޫލުންކަމަށްވާތީ، އިންޓަވިއުކުރުމެއް ނޯންނާނެއެވެ. މި ވަޒީފާއަށް މީހުން ޢައްޔަންކުރުމުގައި ބަލާނީ ހުށަހަޅާ ލިޔުންތަކަށެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި ސްކޫލުގެ 6780572 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުމުން، މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

4 ރަބީޢުލްއާޚިރު 1438

02 ޖަނަވަރީ 2017
ހޯދާ