ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހުށަހެޅުއްމުގެ ދަޢުވަތު
ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުޔަށް ހިފުން:
މި ސްކޫލުގެ ނަންބަރު GS103/IUL/2016/33 އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައި ނުވާތި އެ އިޢުލާނު ބާތިލުކޮށް، މި ސްކޫލުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް 2017 ވަނަ އަހަރަށް މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް އެޓޭޗް ފާޚާނާ އެކުލެވޭ 2 ކޮޓަރި، ސިޓިންރޫމް، ބަދިގެއާއި ކާގެ ހިމެނޭ ގެއެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރި، ސިޓިންރޫމް، ބަދިގެއާއި ކާގެ ހިމެނޭ ގެއެއް ކުއްޔަށްދޭން ބޭނުންވާ ފަރާތްތަކުން 2017 ޖަނަވަރީ 10 ވާ އަންގާރަދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 15 ވާ އާދީއްތަދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއި މަޢުލޫމާތު ސާފުކުރާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ބަދަލުގައި ބޭފުޅަކު ފޮނުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ދުރުވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނެވުން އެދެމެވެ.
06 ރަބީޢުލްއާޚިރު 1438