މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
'ރެހެންދި އެވޯޑް' އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

'ރެހެންދި އެވޯޑް' އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

މިނިސްޓްރީގެ ނަންބަރު (IUL)459-A/1/2016/221 (27 ނޮވެންބަރު 2016) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ޤައުމީ ތަރައްޤީގައި ފާހަގަކުރެވޭ އާދަޔާ ޚިލާފު ޙިއްޞާއެއް އޮވެ، ޤައުމަށް ބޮޑެތި ލާބަޔާ މަންފާ ލިބޭ ޚިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަގު ވަޒަންކުރުމަށް "ރެހެންދި އެވޯޑު"ގެ ނަމުގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކޮންމެ އަހަރަކު ދޭގޮތަށް ހަމަޖެހިފައިވާ އެވޯޑަށް ނަން ހުށަހެޅުމަށް ކުރިން ކަނޑައެޅިފައިވާ ތާރީޚުގެ މުއްދަތު، 2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 14:00 އަށް އިތުރު ކުރިވާހަކަ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

އަދި ދަންނަވަމެވެ. މި އެވޯޑާ ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mlg.gov.mv އިންނާއި މި މިނިސްޓްރީއަށް ފޯނުން ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

03 ޖަނަވަރީ 2017
ހޯދާ