މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

މި ކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ، ޤާބިލުކަންހުރި ފަރާތްތަކުން 2017 ޖަނަވަރީ 8 ވަނަ ދުވަހުގެ 11:00 އަށް ރ. ރަސްގެތީމު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚް: 12 ޖަނަވަރީ 2017

އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ރ. ރަސްގެތީމު މެޖިސްޓްރޭޓް ކޯޓު

4 ރަބީޢުލްއާޚިރާ 1438

02 ޖަނަވަރީ 2017
ހޯދާ