ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީގެ ލޭބަރ އެންޑް އެންޕްލޯއިމަންޓް ސެކްޝަނުގެ ޑިރެކްޓަރުގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި ކޮށްފައިވާ (IUL)101-AF/1/2016/03 ނަންބަރުގެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.
|
މަޤާމް: |
ޑިރެކްޓަރ |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމް ނަންބަރު: |
255938 |
|
މަޤާމުގެ ކްލެސިފިކޭޝަން |
ޑިރެކްޓަރ ގްރޭޑް 1 |
|
މަޤާމުގެ ރޭންކް: |
އީ. އެކްސް. 1 |
|
މުސާރައާއި ޢިނާޔަތްތައް: |
|
|
މުސާރަ: |
މަހަކު -/8835 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/2000 ރުފިޔާ |
|
މެޑިކަލް އިންޝުއަރެންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ. |
|
އިތުރުގަޑި: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން: |
|
|
މަޤާމް އޮތް އޮފީހުގެ ނަން: |
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް |
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް: |
ލޭބަރ އެންޑް އެންޕްލޯއިމަންޓް ސެކްޝަން |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
|
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. މަސައްކަތްކުރާ އުމުރުފުރައިގެ ދިވެހިން އިތުރުކުރުމުގެގޮތުން މަސައްކަތަށް އަހުލުވެރިކުރުވުމަށްޓަކައި ޕްރޮގްރާމްތައް ރާވައި ހިންގާގޮތް ސުޕަވައިޒްކުރުން. 2. ވަޒީފާދޭ ފަރާތްތަކާއި، ދިވެހިންކުރެ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ގޮތްތަކާއި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިކުރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގާގޮތް ސުޕަވައިޒްކުރުން. 3. ރާއްޖޭގެ މަސައްކަތްތަކާއި ވަޒީފާގެ މާޙައުލަކީ ޞީއްޙީގޮތުން ސަލާމަތްކަންބޮޑު ރައްކާތެރި މާޙައުލަކަށް ހެދުމަށާއި، ރާއްޖޭގައި އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ ދިނުމާއި، ރާއްޖޭގެ ބާޒާރުގައި އެ އެޖެންސީތަކުން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމަށް އެ އެޖެންސީތަކަށް އެހީތެރިވުމަށްޓަކައި މިނިސްޓްރީން ހަދަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދެލިކޮޕީ ތައްޔާރުކުރުމުގެ ކަންތައްތައް ސުޕަވައިޒްކުރުން. 4. ރާއްޖެއިން ބޭރުގެ ވަޒީފާތަކަށް ދިވެހިން ފޮނުވުމާބެހޭ މަސައްކަތްތައް ސުޕަވައިޒްކުރުން. 5. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާބެހޭ މަސައްކަތްތައް ސުޕަވައިޒްކުރުން. 6. ވަޒީފާގެ ބަޒާރާބެހޭ ތަފާސްހިސާބު ބަލަހައްޓާގޮތް ސުޕަވައިޒްކުރުން. 7. ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތަކުގެ ބޭނުން އެންމެ ފައިދާހުރިގޮތުގައި ހިފުމާބެހޭ މަސައްކަތްތަކާއި ޤާބިލް މީހުން އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގާގޮތް ސުޕަވައިޒްކުރުން. 8. އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންއާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒްކުރުން. 9. ރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގާގޮތް ސުޕަވައިޒްކުރުން. |
|
މަޤާމުގެ ޝަރުޠުތައް: |
|
|
މަޤާމުގެ ޝަރުޠުތައް: |
1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސް ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސް ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން: |
|
|
އިންޓަވިއު ކުރުން: |
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ. - މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެފަހު ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި ނުވަތަ 2 ހަފުތާގެ ތެރޭގައެވެ. - އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ. - އިންޓަވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ. |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
|
|
އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމަކުރުމަށްފަހު، 2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 13.30 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން ނުވަތަ [email protected] އަށް މެއިލްކުރުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި) 2. ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު. 3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ) 4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓުފިކެޓެއްނަމަ، އެކްރެޑިޓްކުރެވިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ) 5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް. 6. ދައުލަތުގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ. 7. އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތްކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ. 8. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން. |
|
އިތުރު މަޢުލޫމާތު: |
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯރމް މި މިނިސްޓްރީގެ www.trade.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. - އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ 3333174 ނަންބަރު ފޯނަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލްކުރުމުން ލިބޭނެއެވެ. |
6 ރަބީޢުލްއާޚިރު 1438
