ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ނަންބަރު (IUL)101-AF/1/2016/221 އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "އެންހޭންސް އިންޓަގްރޭޓެޑް ފްރޭމްވާރކް" ޕްރޮގްރާމް (އީ.އައި.އެފް) ގެ ދަށުން، ތަންފީޒުކުރުމުންދާ ޓިއަރ 1 ގެ ޕްރޮޖެކްޓަށް، ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
|
މަޤާމު: ޕޮލިސީ އޮފިސަރ |
|
އަދަދު : 02 |
|
ފެންވަރު ނުވަތަ ޝަރުޠު:
|
މަތީގައި އިޢުލާންކުރެވިފައިވާ ވަޒީފާގެ އިތުރު ތަފުސީލު، މަސްއޫލިއްޔަތު، އަދި ތަފުސީލު ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 4:00 އަށް
މުސާރަ: މަހަކު -/10,000 ދިވެހި ރުފިޔާ (އެހެނިހެން ޢިނާޔަތާއި ޕެންޝަން ހިމަނައިގެން)
ވަޒީފާގެ މުއްދަތު: : ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރެވޭ ތާރީޚުން ފެށިގެން 31 ޖުލައި 2017 ގެ ނިޔަލަށް
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ، 2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 13:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ، ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 އާއި 14:00 އާ ދެމެދު 3333160، 3333174 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
04 ރަބީޢުލްއާޚިރު 1438
