ދިވެހިރާއްޖެ
ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ ޚިލާފުވުމުން ދެވޭ އިންޒާރު
ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 9ވަނަ މާއްދާގެ (ވ)ގެ ދަށުން، ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް 2012 ވަނަ އަހަރު ގެ އަހަރީ ރިޕޯޓް 2013ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މި ކޮމިޝަނަށް ހުށަހަޅަންޖެހޭއިރު މި މުއްދަތުގައި ތިރީގައިވާ ފަރާތުން އަހަރީ ރިޕޯޓް ހުށަހަޅާފައިނުވުމުން، އިތުރަށް ފުރުޞަތު ދީ 26 އޯގަސްޓް 2013ވަނަ ދުވަހުގެ ކުރިން އަހަރީ ރިޕޯޓް ހުށަހެޅުމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން އެ ފަރާތަށް އެންގުމުންވެސް ރިޕޯޓް ހުށަހަޅާފައިނުވާތީ، 22 ސެޕްޓެންބަރު 2013ގެ 15:00ގެ ކުރީން، 2012ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން މި ފަރާތަށް އިންޒާރުދެމެވެ.
ޗެނެލްގެ ނަން: ޓީވީ 5 ލައިސަންސް ދޫކޮށްފައިވާ ކުންފުނި: ޓީވީ 5 ޕްރައިވެޓް ލިމިޓެޑް |
ކުންފުނީގެ މަސްއޫލްވެރިން: |
1) އަލްފާޟިލް ޝިހާމް މުޙައްމަދު ވަހީދު، ހ.އާޒާދެވާދީ (ޑިރެކްޓަރ، ހިއްސާދާރެއް) 2) އަލްފާޟިލް ޙުސެއިން މުޙައްމަދު، ގ. ލިއެނާ (ހިއްސާދާރެއް) 3) އަލްފާޟިލް މުޙައްމަދު ސަލީމް، ގ. ލަންކާ (ހިއްސާދާރެއް) 4) އަލްފާޟިލް މުޙައްމަދު ނަޞްރު، އެޅެހިށިގެބޭރުގެ. ސ.ހުޅުދޫ (ހިއްސާދާރެއް) |
09 ޛުލްޤަޢިދާ 1434