އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

މަސައްކަތް ކުރަންޖެހޭ ތަން:

މާލެ

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާން ނިންމާފައިވުން.

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

1. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު ވާހަަކަދައްކަން އެނގުން.

2. ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

3. މީހުންނާ ގުޅިގެން އެކުގައި މަސައްކަތްކުރެވޭ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

 

 

އާންމުކޮށް ކުރަންޖެހޭ މަސައްކަތް:

1. އޮފީހުގައި ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

2. އިދާރީ މަސައްކަތުގައި ސެކްޝަން ހެޑަށް އެހީތެރިވުން.

3. މި ކުންފުނިން ހަވާލުކުރާ އިންވޮއިސް، ސިޓީ، ޑޮކިއުމަންޓްސް ފަދަ ތަކެތި ބެހުމަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ދިއުމާއި، އޮފީހަށް ގެންނަންޖެހޭ ތަކެތި ގެނައުން.

4. އޮފީހުގައި އިތުރަށް މަސައްކަތެއް ހަވާލުކުރެވިއްޖެނަމަ، އެ މަސައްކަތެއްކުރުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2. ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

3. ޕޮލިސް ރިޕޯޓް.

4. ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ކޮޕީ.

6. ޑްރައިވިންގ ލައިސެންސްގެ މުއްދަތުހަމަނުވާ ކާޑުގެ ކޮޕީ.

ސުންގަޑި:

2017 ޖަނަވަރީ 15 ވާ އާދީއްތަދުވަހުގެ 16:00 ގެ ކުރިން.

އިންޓަވިއު:

އިންޓަވިއުއަށް ކިޔާނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 

ލިޔުންތައް ހުށަހަޅަންޖެހޭ އެޑްރެސް:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް

ހ. ގަދަމޫ ބިލްޑިންގ/ 2 ވަނަ ފަންގިފިލާ، މާލެ

ފޯނު: 6898010

އީމެއިލް: [email protected]    

30 ރަބީޢުލްއައްވަލް 1438

29 ޑިސެންބަރު 2016
ހޯދާ