މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ ޚިލާފުވުމުން ދެވޭ އިންޒާރު

ބްރޯޑްކާސްޓްކުރުމުގެ ގަވާދާ ޚިލާފުވުމުން ދެވޭ އިންޒާރު

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 9ވަނަ މާއްދާގެ (ވ)ގެ ދަށުން، ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް  2012ވަނަ އަހަރު ގެ އަހަރީ ރިޕޯޓް 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މި ކޮމިޝަނަށް ހުށަހަޅަންޖެހޭއިރު މި މުއްދަތުގައި ތިރީގައިވާ ފަރާތުން އަހަރީ ރިޕޯޓް ހުށަހަޅާފައިނުވުމުން، އިތުރަށް ފުރުޞަތު ދީ 26 އޯގަސްޓް 2013ވަނަ ދުވަހުގެ ކުރިން އަހަރީ ރިޕޯޓް ހުށަހެޅުމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން އެ ފަރާތަށް އެންގުމުންވެސް ރިޕޯޓް ހުށަހަޅާފައިނުވާތީ، 22 ސެޕްޓެންބަރު 2013ގެ 15:00ގެ ކުރީން، 2012ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން މި ފަރާތަށް އިންޒާރުދެމެވެ.

ޗެނެލްގެ ނަން: އެޓޯލް ޓީވީ

ލައިސަންސް ދޫކޮށްފައިވާ ކުންފުނި: އެޓޯލް އިންވެސްޓްމަންޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް

ކުންފުނީގެ މަސްއޫލްވެރިން:

1) އަލްފާޟިލް އިބްރާހީމް ޖިހާދު، މ. ތްރީ އޭ ވިލާ/ މާލެ (މެނޭޖިންގ ޑިރެކްޓަރ، ހިއްސާދާރެއް)

2) އަލްފާޟިލް މުޙައްމަދު ފަޒީލް، ހ.ރަންކަމަނާ/ މާލެ (ހިއްސާދާރެއް)

3) އަލްފާޟިލް މުޙައްމަދު މުންތަސިރު، ހ.އާސްމާން ވީލާ/ މާލެ (ހިއްސާދާރެއް)

4) އަލްފާޟިލް މުޙައްމަދު އިމްތިޔާޒް، ގ.ވިކްޓޯރިއާ/ މާލެ (ހިއްސާދާރެއް)

5) އަލްފާޟިލް އަޙުމަދު ނަޢީމް، ގ.ގުޑްލަކް/ މާލެ (ހިއްސާދާރެއް)

6) އަލްފާޟިލް މުޙައްމަދު ލުތުފީ، ފެންމުޅި/ ސ. ހިތަދޫ (ހިއްސާދާރެއް)

09 ޛުލްޤަޢިދާ 1434

15 ސެޕްޓެންބަރު 2013
ހޯދާ