މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބުކިންގ ކޮމިޝަނުން ވިތުހޯލްޑިންގ ޓެކްސް ނެގުން
ސަރކިއުލަރ
ބުކިންގ ކޮމިޝަނުން ވިތުހޯލްޑިންގ ޓެކްސް ނެގުން
ޤާނޫނު ނަންބަރު 2011/5 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ގައި ވާ ގޮތުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ނުވަތަ ދައްކަންޖެހޭ ކޮމިޝަނުން % 10 ގެ ރޭޓުން ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހެއެވެ. މި ގޮތުން، ޓޫރިސްޓް އެސްޓެބްލިޝްމަންޓަކުން އޮންލައިން ޓްރެވެލް އޭޖެންސީއަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ އިންތިޒާމު އެ ދެ ފަރާތުގެ ދެމެދުގައި ކޮންމެ ގޮތަކަށް ހަމަޖެހިފައި އޮތްކަމުގައި ވިޔަސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އޮންލައިން ޓްރެވަލް އޭޖެންސީތައް ހިންގާ ފަރާތްތަކަށް ދައްކާ ނުވަތަ ދައްކަންޖެހޭ ކޮމިޝަނުން ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭނެއެވެ.އެހެންކަމުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އޮންލައިން ޓްރެވެލް އޭޖެންސީތައް ހިންގާ ފަރާތްތަކަށް ދައްކާ ނުވަތަ ދައްކަންޖެހޭ ކޮމިޝަނުން 1 ޖަނަވަރީ 2017 އިން ފެށިގެން ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
28 ޑިސެންބަރު 2016
ހޯދާ