މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ބޭރުން ނަގުދު ފައިސާ ނެގުމުގެ މުޢާމަލާތްތަކުން ރެމިޓެންސް ޓެކްސް ނެގުން

ސަރކިއުލަރ

ދިވެހިރާއްޖެއިން ބޭރުން ނަގުދު ފައިސާ ނެގުމުގެ މުއާމަލާތްތަކުން ރެމިޓެންސް ޓެކްސް ނެގުން

ރެމިޓެންސް ޓެކްސް ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް ދިވެހިރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއްގައި ހުރި ފައިސާ، ދިވެހިރާއްޖެއިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި ނެގުމުގެ މުޢާމަލާތްތަކުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ ތާރީޚަކުން ފެށިގެން ރެމިޓެންސް ޓެކްސް ނަގަންޖެހެއެވެ.

މި ގޮތުން، ޓެކްސް ރޫލިންގ TR-2016/R1 (ދިވެހިރާއްޖެއިން ބޭރުން ނަގުދު ފައިސާ ނެގުމުގެ މުޢާމަލާތްތަކުން ރެމިޓެންސް ޓެކްސް ނެގުން) ގައިވާ ގޮތުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް ދިވެހިރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓަކުން ދިވެހިރާއްޖެއިން ބޭރުން ނަގުދު ފައިސާ ނަގާ މުއާމަލާތްތަކުން ރެމިޓެންސް ޓެކްސް ނުނަގާ ދޫކޮށްލެވޭނެ އެންމެ ފަހު ތާރީޚަކީ 31 ޑިސެންބަރު 2016 އެވެ.

ވީމާ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް ދިވެހިރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއްގައި ހުރި ފައިސާ ދިވެހިރާއްޖެއިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި ނަގާ މުޢާމަލާތްތަކުން 1 ޖަނަވަރީ 2017 އިން ފެށިގެން ރެމިޓެންސް ޓެކްސް ނެގުމަށް ހުރިހާ ބޭންކުތަކަށް ހަނދާންކޮށްދެމެވެ. 1 ޖަނަވަރީ 2017 ގެ 00:00 ގައި ނުވަތަ އޭގެ ފަހުން ކުރާ މި ފަދަ މުޢާމަލާތްތަކުން ރެމިޓެންސް ޓެކްސް ނަގަންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

28 ޑިސެންބަރު 2016
ހޯދާ