ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް، މި ސްކޫލުގެ ލައިބްރަރީ މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި މި ސުކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި މި ސުކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފާރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
| މަޢުލޫމާތު ސާފުކޮށްދިނުން | އަންދާސީހިސާބު ބަލައިގަތުން | 
| ތާރީޚު: 3 ޖަނަވަރީ 2017 | ތާރީޚު: 5 ޖަނަވަރީ 2017 | 
| ގަޑި: 10:30 | ގަޑި: 10:30 | 
| ތަން: ނަޑެއްލާ ސްކޫލް (އޭ.ވީ ރޫމް) | ތަން: ނަޑެއްލާ ސްކޫލް (އޭ.ވީ ރޫމް) | 
ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް، ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ކޮންމެވެސް 1 ފަރާތެއްގެ ނަމުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރަން މި ސްކޫލުގެ 6840064 ނުވަތަ 7983088 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
29 ރަބީޢުލްއައްވަލް 1438
 
                    