ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ލައިބްރޭރިއަން، އެސިސްޓެންޓް ލައިބްރޭރިއަން، މަސައްކަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ލައިބްރޭރިއަން

މުސާރަ:  -/5610 ރުފިޔާ

ސާރވިސް އެލަވަންސް: -/2000 ރުފިޔާ

ރޭންކް: އެމް.އެސް 1

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

ސެކްޝަން: ތިނަދޫ ލައިބްރަރީ، ޤައުމީ ކުތުބުޚާނާ

މަސައްކަތް ކުރަންޖެހޭ ތަން: ތިނަދޫ ޕަބްލިކް ލައިބްރަރީ، ގދ.ތިނަދޫ

ޝަރުޠު:

- ލައިބްރަރީ ސައިންސް/ ޓީޗިންގ/ އާރލީ ޗައިލްޑްހުޑް/ މެނޭޖްމަންޓް/ ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

- ލައިބްރަރީ ސައިންސް/ ޓީޗިންގ/ އާރލީ ޗައިލްޑްހުޑް/ މެނޭޖްމަންޓް/ ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- ލައިބްރަރީ ސައިންސް/ ޓީޗިންގ/ އާރލީ ޗައިލްޑްހުޑް/ މެނޭޖްމަންޓް/ ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއިން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ނޯޓު: ލައިބްރަރީ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • އޮފީސް ހުޅުވައި ލެއްޕުން.
  • ސެކްޝަންތައް ބަލަހައްޓަން ތިބޭ މުވައްޒަފުންގެ މަސައްކަތް ދުވަހުން ދުވަހަށް ސުޕަވައިޒްކުރުން.
  • ކަސްޓަމަރ އިންކުރައިރީޒް (ފޯން، ފޭސް ޓު ފޭސް، އޮންލައިން)، ވިޒިޓްސް، އަދި އެހެނިހެން މުހިންމު ސްޓެޓިސްޓިކްސް ޝީޓް އެކުލަވައިލުމުގެ މަސައްކަތްކުރުވުން.
  • ލައިބްރަރީ އޮރިއެންޓޭޝަން ޕްރޮގްރާމް ރާވައި ހިންގުން.
  • ލައިބްރަރީގެ ފަރާތުން އިންތިޒާމްކުރާ ކޯސް، ޓްރޭނިންގ ޕްރޮގްރާމް، ވޯރކްޝޮޕް، ޖަލްސާ، ސެމިނަރ ފަދަ ކަންތައް ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ކަސްޓަމަރުންނަށް މަޢުލޫމާތު ހޯދައިދިނުމަށްޓަކައި އޯޕެކްގެ އެހީގައާއި އެހެނިހެން ގޮތްގޮތުން ކަސްޓަމަރުންނަށް ގައިޑުކޮށްދީ މަޢުލޫމާތު ހޯދައިދިނުމުގައި އެހީތެރިވުން.
  • ކަސްޓަމަރުންގެ ފަރާތުން ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން، އަދި ވަގުތުން ޙައްލު ނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ ޔުނިޓްގެ ހެޑަށް އަންގައި މައްސަލަ ޙައްލުކުރުުން.  
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ (ސަޕޯޓް ސްޓާފް ހިމެނޭގޮތަށް) މަސައްކަތު ޓޭބަލް، ސެކްޝަން ހެޑްގެ ލަފާގެ މަތިން ތައްޔާރުކުރުން.
  • ޔުނިޓަށް ބޭނުންވާ ތަކެތި (ގަލަން، ފޮޓޯކޮޕީ ކަރުދާސްފަދަ ތަކެތި) ހުރިތޯ ބަލައި، ހުސްވާ ތަކެތި ސްޓޮކުން ހޯދުން.
  • ކަސްޓަމަރުންގެ އިންކުއަރީޒް ރިކޯޑް ކުރުން/ ރިކޯޑުކުރޭތޯ ބެލުން.
  • މުވައްޒަފުން ބޭނުންކުރާ އަދި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާ ކޮމްޕިއުޓަރ/ ޕްރިންޓަރ/ ފޮޓޯކޮޕީ މެޝިންފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ކޯޕަރޭޓް އެފެއާޒް ސެކްޝަނަށް އެންގުން.
  • ލައިބްރަރީގެ ސްޓޮކަށް އިތުރުވަމުންދާ ފޮތްތައް، އަދި ޚާއްޞަ ދުވަސްތަކާ ގުޅޭގޮތުނ ޑިސްޕްލޭތައް ތައްޔާރުކުރުން.

މަޤާމުގެ ނަން: އެސިސްޓެންޓް ލައިބްރޭރިއަން

މުސާރަ:  -/5020 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

ސެކްޝަން: ކަލެކްޝަން އެންޑް ސާރވިސަސް ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން: ތިނަދޫ ޕަބްލިކް ލައިބްރަރީ، ގދ.ތިނަދޫ

ޝަރުޠު:

- ލައިބްރަރީ ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

- މަތީ ސާނަވީ އިންތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • އޮފީސް ހުޅުވައި ލެއްޕުން.
  • ސާރކިއުލޭޝަން ކައުންޓަރުގައި މަސައްކަތް ކުރުން.
  • ރިފަރެންސް ސަރވިސްގެ ޚިދުމަތް ދިނުން.
  • މެމްބަރޝިޕް ރެޖިސްޓްރޭޝަން ހަދައިދިނުން.
  • ދުވަހުން ދުވަހަށް ސްޓެޓިސްޓިކްސްް ރެކޯޑް ކުރުން.
  • ސަރވިސް ކައުންޓަރަށްް ލިބޭ ފައިސާއަށް ރަސީދު ހަދައި ރެކޯޑް ބެލެހެއްޓުން.
  • ލިބޭ ފައިސާ ދުވަހުން ދުވަހަށް ތިޖޫރިއަށްލުން.
  • ލައިބްރަރީގެ ޚިދުމަތްދޭ ކަލެކްޝަންތައް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ އުސޫލުން ޑިއުޓީ އަދާކުރުން.
  • ޝެލްވިންގއާ ބެހޭ މަސައްކަތްކުރުން.
  • ކަސްޓަމަރުންގެ ފަރާތުން ލިބޭ އެންކުއަރީތަކަށް ޖަވާބުދާރީވުން.

ނޯޓް: ލައިބްރަރީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެެވެ.

މަޤާމުގެ ނަން: މަސައްކަތު

މުސާރަ:  -/3470 ރުފިޔާ

ސާރވިސް އެލަވަންސް: -/1000 ރުފިޔާ

ރޭންކް: އެސް.އެސް 2

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ބޭނުންވާ އަދަދު: 1

ސެކްޝަން: ތިނަދޫ ލައިބްރަރީ، ޤައުމީ ކުތުބުޚާނާ

މަސައްކަތް ކުރަންޖެހޭ ތަން: ތިނަދޫ ޕަބްލިކް ލައިބްރަރީ، ގދ.ތިނަދޫ

ޝަރުޠު:

- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސެންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

ނޯޓް: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • އާދަވެގެން ދުވަހުން ދުވަހަށް ކުރުމަށް ޙަވާލުކުރާ މަސައްކަތް ކުރުމާއި ކުނިކަހައި، ފޮޅައި ސާފުކުރުން.
  • އޮފީސްތަކަށާއި އެހެނިހެން ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީި ފަދަ ތަކެތި އެ ފަރާތްތަކަށް ރައްދުކުރުން.
  • މީޓިންގތަކަށާއި އެހެނިހެން ކަންތައްތަކަށް، ގޮނޑި، މޭޒު އަތުރައި ތައްޔާރުކުރުން.
  • އޮފީހުގެ ފަރާތުންކުރާ ބޮޑެތި މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  • ލައިބްރަރީގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭގޮތުން ޙަވާލުކުރެވޭ ކަންކަން ކުރުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ނޯޓް: 

- މި މަޤާމުތަކަށް ޝަރުޠު ހަމަވާ މީހުން ހޮވުމުގައި މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. 

- މި މަޤާމުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ޤައުމީ ކުބުޚާނާގެ މީޓިންގ ރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށާއި، މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

- މި މަޤާމުތަކަަށް ހޮވޭ މުވައްޒަފުން މަސައްކަތްކުރަން ޖެހޭނީ، ހެނދުނު 9:00 އާއި 18:00 އާ ދެމެދު، ޤައުމީ ކުތުބުޚާނާއިން ކަނޑައަޅާ ޑިއުޓީއަކަށް، ދުވާލަކު 6 ގަޑިއިރުއެވެ. އަދި އެ މުވައްޒަފުން ހޮނިހިރު ދުވަހުވެސް މަސައްކަތަށް ހާޒިރުވާންޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2016 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ޤައުމީ ކުތުބުޚާނާ (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާޘާރުގެ ޢިމާރާތް)
  • އެޕްލިކޭޝަން އީމެއިލްކުރާނަމަ: [email protected]
  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް (ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން، ވެބްސައިޓް www.nlm.gov.mv އިން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ގަޑީގައި، 3323943 ނަންބަރު ފޯނާއެވެ. 
28 ޑިސެންބަރު 2016
ހޯދާ