ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސބު ބޭނުންވެއްޖެ

ގދ. ތިނަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ތިނަދޫ ޕަބްލިކް ލައިބްރަރީއަށް ބޭނުންވާ ފަރުނީޗަރު ވިއްކައި ތިނަދޫއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)56-CAS/1/2016/32 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 05 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ކުތުބުޚާނާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 12 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް ޤައުމީ ކުތުބުޚާނާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީ ކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ، މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް

މެދުޒިޔާރަތް މަގު، މާލެ (ސަލްޓަން ޕާކް އިރުއުތުރު ކަންމަތި)

28 ރަބީޢުލްއައްވަލް 1438

27 ޑިސެންބަރު 2016
ހޯދާ