ދިވެހިރާއްޖެ
އިޢުލާން
ސައިކަލެއް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާލުން
ޕީ ޓީ އޭގެ ފަރާތުން މިއަހަރު ބޭއްވި "އަމީނީ ފެއަރ" އަށް ސްޕޮންސަރ އެއްގެ ގޮތުގައި ލިބިފައިހުރި ސައިކަލް (ހޮންޑާ ސްކޫޕީ އައި، ހުދު ފިޔާތޮށި) ވިއްކާލުމަށް ކުރި، މި ސްކޫލުގެ ނަންބަރު AS-B/IU/2015/78 (22 ޑިސެންބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކުރަމެވެ.
ވީމާ، މި ސައިކަލް ބައްލަވައި ގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ޖަނަވަރީމަގ ގައި ހުންނަ "ލިޓަސް" ޝޯރޫމަށް ވަޑައިގެން ސައިކަލް ބެއްލެވުމަށް ފަހު، 2017 ޖަނަވަރީ 05 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަމީނިއްޔާ ސްކޫލު މީޓިންގ ރޫމަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
އަގު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަމިއްލަ ފަރުދެއްނަމަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އަގާއެކު އެޓޭޗް ކުރަންވާނެއެވެ. އަދި ކުންފުންޏަކުން ނަމަ، ރަޖިސްޓަރީގެ ކޮޕީއެއް އެޓޭޗްކުރަން ވާނެއެވެ.
ސައިކަލުގެ ނީލަން ފެށޭ އަގަކީ -/35000 ރުފިޔާ (ތިރީސް ފަސް ހާސް) އެވެ.
އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ސައިކަލް ވިއްކައިލެވޭނެއެވެ.
ސައިކަލް ގަންނަ ފަރާތުން 2 ދުވަހުގެ ތެރޭގައި ސައިކަލުގެ އަގު ދައްކަންވާނެއެވެ. ދެ ދުވަހުގެ ތެރޭގައި އަގު ނުދައްކައިފި ނަމަ، ދެވަނައަށް އެންމެ ބޮޑު އަގު ހުށަހެޅުއްވި ފަރާތަކަށް ސައިކަލް ވިއްކައިލެވޭނެއެވެ.
އަގު އަދާކުރަންވަން ވާނީ ރުފިޔާއިންނެވެ. ޗެކު ގަބޫލެއް ނުކުރެވޭނެއެވެ.
އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 3321346 ނަންބަރު ފޯނާއެވެ.
30 ރަބީޢުލްއައްވަލް 1438