ދިވެހިރާއްޖެ
އިޢުލާން
ފާޚާނާ މަރާމާތުކުރުން:
މި ސްކޫލުގެ ނަންބަރު GS101/IUL/2016/16(20 ޑިސެންބަރު 2016) އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
އަމިއްލަ ތަކެތީގައި މި ސްކޫލުގެ ދަރިވަރުންގެ ފާޚާނާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން |
ނަރުދޫ ސްކޫލް އޮފީސް |
މަޢުލޫމާތު ސާފުކުރުން |
5 ޖަނަވަރީ 2017 ވާ ބުރާސްފަތިދުވަހުގެ 10:00ގައި |
އަންދާސީހިސާބު ހުށަހެޅުމާއި، ކެނޑުން |
11 ޖަނަވަރީ 2017 ވާ ބުދަދުވަހުގެ 10:00ގައި |
މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ނަންބަރު: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާއިރު، އެ ފަރާތްތަކުން ތަމުސީލްކުރަނީ ކޮން ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބައްދަލުވުމަށް ހާޒިރުވާއިރު، ބައްދަލުވުމުގައި ބައިވެރިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ ކޮންމެވެސް އެއް ކުންފުންޏެއް ނުވަތަ ވިޔަފާރިއެކެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީގަޑީގައި މި ސްކޫލުގެ 6540577 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.