ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުސަތު:

މި ސްކޫލަށް ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

GS 3

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް:

އދ. ދިގުރަށު ސްކޫލް

ސެކްޝަން:

އިދާރީ ބައި

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

 

ފެންވަރު ނުވަތަ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. މި މަދަރުސާގައި ކުރަންޖެހޭ ފައިސާގެ ހުރިހާ މުޢާމަލާތެއްކޮށް، އެންމެހައި ރެކޯޑްތައް ވަރަށް ގަވާއިދުން ބެލެހެއްޓުން.

2. ދުވަހުން ދުވަހަށް ޔައުމިއްޔާތައް ލިޔެ، ވެރިއެއްގެ ސޮއިކުރުވައި، ފައިލްކޮށް ބެލެހެއްޓުން.

3. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ އެންމެހައި ކަންތައްތައް ބަލަހައްޓައި ރެކޯޑްތައް ފައިލްކޮށް ބެލެހެއްޓުން.

4. ސްކޫލަށް ލިބޭ ހުރިހާ ލިޔެކިޔުމެއްގެ އެންޓްރީ ދުވަހުން ދުވަހަށް ނަގައި ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

5. ސްކޫލުން ލިޔަންޖެހޭ އެންމެހައި ލިޔުންތައް (ސިޓީ، މެސެޖް) ލިޔެ، ވެރިންގެ ސޮއިކުރުވައި، ފޮނުވަންޖެހޭ ތަންތަނަށް / ފަރާތްތަކަށް ފޮނުވުން.

6. ސްކޫލުގެ ސްޓޮކަށް ގެނެވޭ ހުރިހާ މުދަލެއް އެ މުދަލެއް ލިބޭ ދުވަހު (ޕާރޗޭސް އޯޑަރާ އެއްގޮތަށް މުދާ ލިބިފައިވާނަމަ) ސްޓޮކް ބާކީއަށް އަރުވައި، ސްޓޮކް ރޫމަށް ވައްދައި، ސްޓޮކުން ތަކެތި ގަވާއިދާ އެއްގޮތަށް ދޫކޮށް ބެލެހެއްޓުން.

7. ސްކޫލުގެ އިމާރާތާއި، ރުއްގަހާއި، އެންމެހައި ހަރު މުދަލެއްގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

8. ސްކޫލްގެ އިދާރީ ރެކޯޑްތަކަށާއި، އެކަޑަމިކް ރެކޯޑްތަކަށް ބޭނުންވާ އެންމެހައި ފޮތްތައް ނަމޫނާއާ އެއްގޮތަށް ހަދައި ބެލެހެއްޓުން.

9. ވަޒީފާގެ ހައިސިއްޔަތުން އަދި ސްކޫލަށް އެވަގުތަކު ދިމާވާ ކަމަކުން އިސްލާމް ދީނާއި ސިވިލް ސަރވިސްގެ ގަވާއިދާ ޚިލާފްނުވާ ގޮތުގެމަތީން މުވައްޒަފުންގެ މައްޗަށް ތިބޭ ވެރިން އަންގާ މަސައްކަތްތައް ކުރުން.

10. ސްކޫލުން ބާއްވާ ޖަލްސާ، ސެމިނަރ، މީޓިންތަކަށް ހާޒިރުވެ، އެ މަޢުލޫއާ ގުޅިގެން އެ މުވައްޒަފެއްގެ ޚިޔާލާއި ލަފާދީ ބައްދަލުވުމުގެ މެޖޯރިޓީއަށް ތަބާވެ، ބައްދަލުވުން ކާމިޔާބުކުރުމަށް މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބޭނުންވާނޭ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވާނީ، މެރިޓް އުސޫލުން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއުކޮށް، ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ޢައްޔަންކުރުމުގެ އުސޫލުން އެންމަތީ މާކްސް ލިބޭ ފަރާތަކަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2017 ޖަނަވަރީ 3 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މި ސްކޫލަށް ފޯމު ހުށަހެޅުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.

2. ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތަށް ތައްގަނޑުޖެހި ކޮޕީ)

3. ލިބިފައިވާ އެކްސްޕީރިއަންސް ސެޓުފިކެޓުތައް (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖެހި ކޮޕީ)

4. ކޮންޕިއުޓަރައިޒް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖެހި ކޮޕީ)

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، " މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ލިޔުން"

މި ވަޒީފާއަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު / ޕްރެޒެންޓޭޝަން ބާއްވާނޭ ތަނާއި ތާރީޚު:

ވަޒީފާއަށް އެދިފައިވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު / ޕްރެޒެންޓޭޝަން އޮންނާނީ، 4 ޖަނަވަރީ 2017 އާއި 10 ޖަނަވަރީ 2017 އާ ދެމެދުގައި އދ. ދިގުރަށު މަދަރުސާގައެވެ. އެގޮތުން، ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު. ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަވިއު / ޕްރެޒެންޓޭޝަނުގެ 1 ދުވަހުގެ ކުރިން އެންގޭނެއެވެ.

އިތުރު މައުލޫމާތު ސާފުކުރުން:

މި ވަޒީފާއާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންނަމަ، 6680841 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ނުވަތަ [email protected] އިން މަޢުލޫމާތު ހޯދުން އެދެމެވެ.

ވީމާ، މި ސްކޫލުގެ ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް މީހަކު ބޭނުންވާ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

26 ރަބީޢުލްއައްވަލް 1438

25 ޑިސެންބަރު 2016
ހޯދާ