މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާނު

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ: މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

ސެކްޝަން: ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ / ރ. ދުވާފަރު

މުސާރަ: މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް: ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ ފަދަ، ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ބޭނުން އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. އޮފީހުގެ ރަސްމީގަޑީގެ މަސައްކަތް ފެށުމުގެ ކުރިން ކުނިކަހައި ފޮޅައި ސާފުކުރުން.

2. އޮފީހަށް ހާޒިރުކުރަންޖެހޭ މީހުން އޮފީހަށް ހާޒިރުކުރުވުން.

3. އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީއާއި، މެސެޖްފަދަ ތަކެތި ރައްދުކުރުން.  

4. ޖަލްސާއެއް ނުވަތަ ބައްދަލުވުމެއް ބާއްވަން ޖެހިއްޖެނަމަ، ޖަލްސާ ބާއްވާ މާލަމުގައި ގޮނޑިޖަހައި، މާލަން ތައްޔާރުކުރުން.

5. އޮފީހުގެ ގޯތިތެރޭގައި ހައްދާ ގަސްތައް ކޮށައި، ގަސްތަކަށް ފެންދީ ބެލެހެއްޓުން.

6. ގޯތީތެރެ ކުނިކަހައި ސާފުކުރުން.

7. އިޢުލާނާއި އެކިއެކި އެންގުންތައް އާންމު ކުރުމަށް ޓަކައި އެކިތަންތާނގައި ހިއްޕުން

8. ރައްޔިތުންނަށް އަންގަންޖެހޭ އެކިއެކި އެންގުންތައް، މި އިދާރާއިން އަންގާ ގޮތެއްގެމަތީން އެންގުން.

9. ޖަލްސާތަކަށާއި އެކިއެކި ޙަފްލާތަކަށް މީހުންނަށް ކިއުން.

10. ސެކްޝަންތަކަށް ވަންނަ މައްސަލަތައް ނިމި ފައިލްކުރަން ހަވާލުކުރުމުން، އެ މައްސަލައެއް ފައިލްކުރަންޖެހޭ ފައިލެއްގައި ފަސޭހައިން ފެންނާނޭގޮތަށް ދުވަހުން ދުވަހަށް ފައިލްކޮށް ނިންމުން.

11. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުތައް ލިބުމުން، ކާޑުގެ ވެރިފަރާތަށް ރައްދުކޮށްދިނުން.

12. ސްޓޮކަށް ބޭނުންވާ ތަކެތި ފިހާރަތަކުން ގަތުމާއި، ފިހާރަތަކަށާއި އެނޫންވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް، ފައިސާއާބެހޭ ސެކްޝަނުން އަންގާގޮތެއްގެމަތިން އެފަރާތަކަށް ހަވާލުކުރުން.

13. ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަނަމާދު އިމާމުވެ ކުރައްވާ ފަރާތްތަކަށް ދެންނެވުން.

14. ވިހައި މަރުވާއަށް ބޭނުންވާ މަޢުލޫމާތު ރަށުތެރެއިން ހޯދުމަށް އެންގުމުން، އެ މަޢުލޫމާތުތައް ހޯދުން.

15. ރަށުތެރޭގައި އާންމުކޮށް ގޮވަންޖެހޭ އެއްޗެހި މެގަފޯނުން ގޮވުން.

16. އެކިއެކި މުނާސަބާތަކަށް ކައުންސިލްގެ އިދާރާއާއި ރަށުތެރެ ޒީނަތްތެރިކުރުމުގައި އެހީތެރިވުން.

17. އިތުރު ކަމެއް ކުރަން ޖެހިއްޖެނަމަ، އެކަމެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ މި ދާއިރާއިންކަމުގައިވުން.

2. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

3. ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

މި މިޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހާޒިރުވާންވީ ތާރީޚާއި ގަޑި، 1 ދުވަހުގެ ކުރިން، ލިޔުމަކުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށްއެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު، 2017 ޖަނަވަރީ 4 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް އީ މެއިލް ނުވަތަ ފެކްސް ކުރެވިދާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ދުވާފަރު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރޭންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ މަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (ޝޯޓް ޓާރމް ޓްރޭނިންގ)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާގެ 6582701 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

26 ރަބީޢުލްއައްވަލް 1438

25 ޑިސެންބަރު 2016
ހޯދާ