ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ނީލަންކިޔުން

އިޢުލާން

ނީލަންކިޔުން

މި ސްކޫލުގައި ހުރި ކެމިކަލް ސިމެންތިތަކެއް ނީލަމުގައި ވިއްކާލުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު GS52/IUL/2016/32 (06 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި ސްކޫލުގައި ހުރި ކެމިކަލް ސިމެންތިތަކެއް ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 2016 ޑިސެންބަރު 28 ވަނަ ދުވަހުގެ ހަވީރު 4:00 ގައި މި ސްކޫލުގެ ގޯތިތެރޭގައެވެ. ނީލަންކިޔުމުގެ ކުރިން ސިމެންތިތައް ބައްލަވާލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް 2016 ޑިސެންބަރު 21 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 10:30 އިން 13:00 އަށް ސިމެންތި ބަސްތާތައް ބަލާލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6800012 ނަންބަރު ފޯނަށެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

21 ޑިސެންބަރު 2016
ހޯދާ