މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ޓިނު ބަދަލުކޮށް ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން 

މި މަދަރުސާގެ ބައެއް ފުރާޅުތަކުގެ ޓިނު ބަދަލުކޮށް ސީލިންގ މަރާމާތުކުރުމާއި ކުރަންޖެހޭ އެހެނިހެން މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން:

ހއ. ކެލާ މަދުރަސަތުއްޝައިޚު އިބްރާހީމުގެ ބައެއް ފުރާޅުތަކުގެ ޓިނު ބަދަލުކޮށް ސީލިންގ މަރާމާތުކުރުމާއި ކުރަންޖެހޭ އެހެނިހެން މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. މަޢުލޫމާތުސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މި ބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިއީ މިކަމަށް ކުރެވޭ 3 ވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ. މި މަސައްކަތަށް 6 ޑިސެންބަރު 2016 ގައި ކުރި ނަންބަރު GS78/IULAAN/2016/41  އިޢުލާނަށް ބިޑްހުށަޅަން ހާޒިރުވެފައިވަނީ އެންމެ ފަރާތެއްކަމަށްވާތީ، އެ އިޢުލާން ބާޠިލުކުރަމެވެ.

 މަޢުލޫމާތު ސާފުކުރަން ފެށޭގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ 13:00

2017 ޖަނަވަރީ 1 ވާ އާދީއްތަދުވަހުގެ 13:00

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި މަދަރުސާގެ އޭވީރޫމުގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500097 ނަންބަރު ފޯނާއެވެ.

22 ޑިސެންބަރު 2016
ހޯދާ