ދިވެހިރާއްޖެ
އިޢުލާން
ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އައުޓުސޯސް ކުރުމާގުޅޭ:
މި މަދަރުސާގެ ނަންބަރު: GS31/IUL/2016/20 (29 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
2017 ޖަނަވަރީން 2017 ޑިސެންބަރު 31 ގެ ނިޔަލަށް މި މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުން 2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ 11:00 ގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 3 ވާ އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިފައިގެން މި މަދަރުސާގެ އޮފީހަށް ހާޒިރުވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
23 ރަބީޢުލްއައްވަލް 1438