ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމް އޮތް އޮފީސް: ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ

ސެކްޝަން: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން: ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

މަޤާމުގެ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކޮންމެ ދުވަހަކު އެއްފަހަރު، ކައުންސިލްގެ އިދާރާގެ އޮފީސްތެރެއާއި، ފާޚާނާތަކާއި، ގޯތިތެރެއާއި، ވަށައިގެންވާ މަގުތަކާއި، ގޯޅިތައް ކުނިކަހައި، ފޮޅައި ސާފުކުރުން.

2. އިދާރާއަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުވުމަށް އެންގުން.

3. އިދާރާއިން އެކިއެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން.

4. އިދާރާގެ މަޤުޞަދު ހާސިލުކުރުމަށްޓަކައި ކައުންސިލުން އަންގާގޮތެއްގެމަތީން މަސައްކަތްކުރުން.

އެހެނިހެން ޢިނާޔަތްތައް:

އިތުރު ގަޑީގައްޔާއި، ބަންދު ދުވަހުގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އެލަވަންސް ފައިސާ ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ކޮންމެ ދުވަހަކު އެއްފަހަރު، ކައުންސިލްއިދާރާ އޮފީސްތެރެއާއި، ފާޚާނާތަކާއި، މޭޒުތަކާއި، ގޮނޑިތަކާއި، އިދާރާގެ އިދާރީގޮތުން މަސައްކަތްކުރުމަށް ބެހެއްޓިފައިވާ ސިސްޓަމްތަކާއި، އިކްއިމަންޓްތައް ފޮޅައި ސާފުކުރުމާއި، ހަފުތާއަކު އެއްފަހަރު އޮފީސްތެރެ މޮޕްލައިގެން ސާފުކުރުން. 

2. ކައުންސިލް އިދާރާގެ ގޯތިތެރެއާއި، ވަށައިގެންވާ މަގުތަކާއި، ގޯޅިތެރެ ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކުރުން.

3. ކައުންސިލް އިދާރާގެ ފަންކާތަކާއި، ހޮޅިބުރިތަކާއި، ބޮކިތަކާއި، ސީލިންގ ފަންކާތައް، ހަފުތާއަކު އެއްފަހަރު ފޮޅައި ސާފުކުރުން. 

4. މަހަކު އެއްފަހަރު، ކައުންސިލް އިދާރާގެ ވަޅުދިޔަ ހިއްކުން.

5. ކައުންސިލް އިދާރާއިން އަންގާގޮތެއްގެ މަތީން އިދާރާއަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުވުމަށް އެންގުމާއި، އެކިއެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔުންތައް އަމާންތެރިކަމާއެކު ހަވާލުކުރުން.

6. އިދާރާގެ ގޯތިތެރޭގައި ބަގީޗާ އިންދައި، ގޯތިތެރެ ޒީނަތްނެތިކޮށް ބެލެހެއްޓުން.

7. ކައުންސިލް އިދާރާއާއި، ރައްޔިތުންގެ ބޭނުންތަކަށް ކައުންސިލް އިދާރާއިން އިންތިޒާމުކުރާ ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި އިންތިޒާމުތައް، ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތީން ކުރުމަށް އެހީތެރިވެދިނުން.

8. ސަރުކާރުން ރަށަށް ވަޑައިގަންނަވާ ބޭފުޅުންގެ ލަގެޖް އުފުލުމުގައި އެހީތެރިވެދިނުން.

9. ކައުންސިލްގެ މަޤްސަދު ހާސިލުކުރުމަށްޓަކައި ކައުންސިލުން އަންގާ ގޮތެއްގެމަތީން  މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. މަޤާމުގެ ޝަރުޠު ހަމަވުން.

2. ގިނަވަގުތު މަސައްކަތުގައި އުޅެވިދާނެ ފަރާތަކަށްވުން. 

3. މަސައްކަތުގެ ތަޖުރިބާ.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

10 ޖަނަވަރީީ 2017 އާއި 25 ޖަނަވަރީީ 2017 އާ ދެމެދު، ބަނޑިދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތަނެއްގައި. 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ބަނޑިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.) 

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.  

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭގޮތަށް ނަގާފައިވާ ކޮޕީއެއް. 

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2017 ޖަނަވަރީ 8 ވާ އާދީއްތަ ދުވަހުގެ 13.00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލް އިދާރާއަށް އެޑްރެސްކޮށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6760045 ނަންބަރު ފޯނާއެވެ.

21 ރަބީޢުލްއައްވަލް 1438

20 ޑިސެންބަރު 2016
ހޯދާ